Advertisement
ކ. މާލެ
|
3 ފެބްރުއަރީ 2024 | ހޮނިހިރު 18:20
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު
އެމްޑީޕީ
ރައީސް ޞާލިހު ކުރެއްވި ޓްވީޓް
ޝަމީމަށް ދިން ހަމަލާއާ ގުޅިގެން ކުރެއްވި ޓްވީޓްގެ މާނަ އޮތީ އޮޅުވާލާފައި، އަދި މިހާތަނަށް ފުލުހުން ސުވާލެއް ނުކުރޭ: ރައީސް ޞާލިހު
ސިޔާސީ ވިސްނުމުގައި ހިންގާ މިކަހަލަ ކަންތައްތައް ހުއްޓުވުމަށް ވީހާ ވެސް ބޮޑަށް މަސައްކަތް ކުރުމަށް އެޓްވީޓްގައި ގޮވާލައްވާފައިވާކަމަށް ޞާލިހު ވިދާޅުވި

ޕްރޮސެކިޔުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ދިން ހަމަލާ އާ ގުޅިގެން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ކުރެއްވި ޓްވީޓްގެ މާނަ ހޯމު މިނިސްޓަރ އަލީ އިހުސާން ވަނީ އޮޅުވާލައްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ކެންޑިޑޭޓުން ހޮވުމަށް އެމްޑީޕީން ހޮނިހިރު ދުވަހު ކުރިއަށްގެންދާ މަޖިލީސް ޕްރައިމަރީގެ ކަންކަން ހިނގާގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ޞާލިހު ވިދާޅުވީ އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ޕީޖީ ޝަމީމަށް ދިން ހަމަލާއަކީ ކޮންމެހެން ސިޔާސީ މަޤްސަދުގައި ދިން ހަމަލާއެކޭ ނޫންކަމަށެވެ. ނަމަވެސް ސިޔާސީ ވިސްނުމުގައި ހިންގާ މިކަހަލަ ކަންތައްތައް ހުއްޓުވުމަށް ވީހާ ވެސް ބޮޑަށް މަސައްކަތް ކުރުމަށް އެޓްވީޓްގައި ގޮވާލައްވާފައިވާކަމަށް ޞާލިހު ވިދާޅުވިއެވެ.

Advertisement

ރައީސް ޞާލިހު އެކްސްގައި ކުރެއްވި ޕޯސްޓަށް ރައްދުދެއްވަމުން ހޯމް މިނިސްޓަރ ވަނީ މިހަމަލާއަކީ ސިޔާސީ މަގްސަދެއްގައި ދިން ހަމަލާއެއްކަމަށް ޞާލިހު ވިދާޅުވެފައިވާކަމަށާއި އެހެންކަމުން މިހަމަލާ ދިނުމުގެ މަގްސަދާއި ހަމަލާ ދިން މީހުންގެ މުއުތަބަރު، ޞައްހަ މައުލޫމާތު ރައީސް ޞާލިހު އަށް އެނގިވަޑައިގަންނަވާކަމަށެވެ. އެހެންކަމުން އެމައުލޫމާތުތައް ފުލުހުންނާއި ހިއްސާކުރެއްވުމަށް އެދިވަޑައިގަންނަވާކަމަށާއި މިމައްސަލަ ތަހުގީގުކުރަމުން އަންނަ ފުލުހުންގެ ޓީމަށް މިކަމާއި ގުޅިގެން ރައީސް ޞާލިހުގެ ބަޔާނެއް ނެންގެވުމަށް އަންގަވާފައިވާކަމަށެވެ.

އެކަމަށް ރައްދުދެއްވަމުން ރައީސް ޞާލިހު ވިދާޅުވީ ފުލުހުން އެމަނިކުފާނާއި އަދި މިހާތަނަށް ސުވާލުކޮށްފައިނުވާކަމަށެވެ. އަދި މިކަމުގައި ހޯމް މިނިސްޓަރަށް ފުލުހުންނަށް އަމުރުކުރެވިދާނެތޯ އެއީވެސް ގާނޫނީ ގޮތުން ސުވާލު އުފެދޭކަމެއްކަމަށް ޞާލިހު ވިދާޅުވިއެވެ.

ދެން އޮތީ ހޯމް މިނިސްޓަރު ފުލުހުންނަށް އަމުރުކުރެވިދާނެތޯ ނޫންތޯ. ތަހުގީގެއް ހިންގަން. މިހާރު ފުލުހުންގެ ގާނޫނު އޮންނަ ގޮތުންއެއީ ސުވާލު އުފެދޭ ކަމެއް. އެހެންވީމަ އެއީ އަޅުގަނޑު ހިތުން މުޅިން ރަނގަޅަކަށް ނޫން ކުރައްވާފައި އޮތީ. އަޅުގަނޑު މިހުރީ އަޅުގަނޑަށް އެނގޭ ހުރިހާ މައުލޫމާތެއް ސުވާލުކޮށްފިއްޔާ ދޭ ގޮތަށް. އެކަމަކު އެކަން ހޯމް މިނިސްޓަރު ކުރައްވާފައި އެއޮތީ އަޅުގަނޑު ދަންނަވާފައި އެއޮތީ އެހައި ރަނގަޅަށް ނޫނޭ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު

ޝަމީމަށް ދިން ހަމަލާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށް ތަހުގީގު ނިމެންދެން އެ ދެ މީހުން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ޝަމީމަށް ދިން ހަމަލާއަކީ ކޮން މަގްސަދެއްގައި ދިން ހަމަލާއެއްކަމެއް އަދި ސާފެއް ނޫނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް