Advertisement
ކ. މާލެ
|
2 ފެބްރުއަރީ 2024 | ހުކުރު 07:44
ލޯކަލް ކައުންސިލް އިންތިޚާބު 2020 ވޯޓުލުމުގެ ތެރެއިން
ލޯކަލް ކައުންސިލް އިންތިޚާބު 2020 ވޯޓުލުމުގެ ތެރެއިން
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް އިންތިޚާބު
ރައްޔިތުންގެ މަޖިލިސް އިންތިޚާބު: ރާއްޖެއިން ބޭރުގައި 6 ފޮށި، ޖުމްލަ 608 ފޮށި ބަހައްޓާނެ
ރިސޯޓްތަކުގައި 37 ފޮއްޓެއް ބަހައްޓާއިރު ޖަލުތަކުގައި 5 ފޮއްޓެއް ބަހައްޓާނެ
އަތޮޅުތަކުގައި 319 ފޮށި، މާލެ ސަރަހައްދުގައި 240 ފޮށި ބަހައްޓާނެ

އަންނަ މަރޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްލަ 608 ވޯޓު ފޮށި ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

އީސީން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު 6 ގައުމެއްގައި ވޯޓު ފޮށި ބަހައްޓާނެއެވެ. އެ ގައުމުތަކަކީ އިންޑިޔާގެ ޓްރިވެންޑްރަމް، ސްރީލަންކާގެ ކޮލޮމްބޯ، މެލޭޝިޔާގެ ކުއަލަލަމްޕޫރު، އިނގިރޭސިވިލާތުގެ ލަންޑަން، އެކުވެރި އަރަބި އިމާރާތުގެ އަބޫދާބީ އަދި ތައިލެންޑުގެ ބެންކޮކް އެވެ. މިއިން ކޮންމެ ތަނެއްގައި ބަހައްޓާނީ އެއް ފޮއްޓެވެ.

ރިސޯޓްތަކުގައި 37 ފޮއްޓެއް ބަހައްޓާއިރު ޖަލުތަކުގައި 5 ފޮއްޓެއް ބަހައްޓާނެއެވެ. ޖަލުތަކުގެ ތެރެއިން މާފުށީ ޖަލުގައި 2 ވޯޓު ފޮށި، އައްސޭރި ޖަލުގައި އެއް ފޮށި، ހުޅުމާލެ ޖަލުގައި އެއް ފޮށި އަދި ދޫނިދޫ ޖަލުގައި އެއް ފޮށި ބަހައްޓާނެއެވެ. ސިނާއީ ސަރަހައްދުގެ ތެރެއިން ހުޅުލޭގައި ފޮއްޓެއް ބަހައްޓާނެއެވެ.

އަތޮޅުތަކުގައި 319 ފޮއްޓެއް ބަހައްޓާނެއެވެ. މާލެ ސަރަހައްދުގައި 240 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލޭގައި 181 ވޯޓު ފޮށި، ހުޅުމާލޭ ގައި 50 ވޯޓު ފޮށި، އަދި ވިލިމާލޭގައި 9 ފޮއްޓެވެ. މާލޭގައި ބަހައްޓާ 181 ވޯޓު ފޮށީގެ ތެރެއިން މާލޭގެ ރައްޔިތުން ވޯޓުލާން 73 ފޮށި ބަހައްޓާއިރު އަތޮޅުތަކުގެ ރައްޔިތުން ވޯޓުލާން 108 ފޮއްޓެއް ބަހައްޓާނެއެވެ.

Advertisement

ހުޅުމާލެ ފޭސް 1 ގައި 32 ވޯޓު ފޮއްޓެއް ބަހައްޓާއިރު އަތޮޅުތަކުގެ ރައްޔިތުން ވޯޓުލާން 14 ފޮށި އަދި މާލޭގެ ރައްޔިތުން ވޯޓުލާން 18 ފޮށި ބަހައްޓާނެއެވެ. ހުޅުމާލެ ފޭސް 2 ގައި 18 ވޯޓު ފޮއްޓެއް ބަހައްޓާއިރު އެއީ މާލެ ރައްޔިތުންނަށް 6 ވޯޓު ފޮއްޓާއި ފޭސް 2 ގައި އުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް 12 ވޯޓު ފޮއްޓެވެ.

ވިލިމާލޭގައި 9 ވޯޓު ފޮއްޓެއް ބަހައްޓާއިރު އެއީ މާލޭގެ ރައްޔިތުންނަށް 5 ފޮއްޓާއި އަތޮޅުތަކުގެ ރައްޔިތުންނަށް 4 ފޮއްޓެވެ.

އީސީން ބުނީ މިހާރު ކުރިޔަށްދާ ރީރަޖިސްޓްރޭޝަން މަރުހަލާ ނިމުމުން ވޯޓު ފޮށިތަކުގެ އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާކަމެއް ކަމަށެވެ. ރީރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވާނީ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް