Advertisement
ކ. މާލެ
|
31 ޖެނުއަރީ 2024 | ބުދަ 08:54
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ރާއްޖެއެމްވީ
ޕީޖީ ޝަމީމަށް ހަމަލާދިނުން
ޕީޖީ ޝަމީމަށް މަގުމަތިން ހަމަލާދީފި
ޝަމީމަށް އޭޑީކޭގައި ދަނީ ފަރުވާ ދެމުން
މައްސަލަ ދަނީ ތަހުގީގުކުރަމުން
ހަމަލާ އަމާޒުވީ އަތަށް

ޕްރޮސެކިއުޓަށް ޖެނެރަލް ހުސައިން ޝަމީމަށް މަގުމަތިން ހަމަލާދީފިއެވެ.

ފުލުހުން ބުނީ، ޕީޖީ ޝަމީމަށް މާލޭގެ މަގުމަތިން މީހަކު ހަމަލާދީފައިވާކަމުގެ ރިޕޯޓް މިއަދު ލިބިފައިވާ ކަމަށެވެ.

އަދި އޭޑީކޭ ހޮސްޕިޓަލުގައި ޕީޖީ ޝަމީމަށް ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި ހަމަލާ ދީފައިވަނީ ތޫނު އެއްޗަކުން ކަމަށް ނޫސްތަކުގައި ރިޕޯޓްކޮށްފައިވީނަމަވެސް، ފުލުހުން ބުނެފައިވަނީ ހަމަލާ ދިފައިވަނީ ތޫނު އެއްޗަކުން ނޫން ކަމަށް މިހާތަނަށް ބެލުމުން އެނގިފައިވާ ކަމަށެވެ.

Advertisement

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަމީމަށް ދިން ހަމަލާ އަމާޒުވީ އޭނާގެ އަތަށެވެ. އަދި ހާލު ސީރިއަސް ނޫން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ. އަދި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް