ކ. މާލެ
|
30 ޖެނުއަރީ 2024 | އަންގާރަ 08:11
ސްޕޯޓްސް ކޮމިޝަނަރާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން
ސްޕޯޓްސް ކޮމިޝަނަރާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން
ރާއްޖެއެމްވީ
ސްޕޯޓްސް ކޮމިޝަނަރު ތޮލާލުގެ އިސްތިއުފާއަށް ގޮވުން
ސްޕޯޓްސް ކޮމިޝަނަރު ތޮލާލުގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާކޮށްފި
ކްލަބްތަކުގެ ބޯޑު މެމްބަރުން އެންގުމަކާއި ނުލާ ބަދަލުކުރާ ކަަމަށް އެ ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައި
މި މުޒާހަރާގައި ވެލެންސިއާ ބޯޑުގެ ބައެއް މެންބަރުން ހަރަކާތްތެރިވި

ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލުގެ އިސްތިއުފާއަށް ގޮވާލާ އޭނޭ ދިރިއުޅޭ ގެ ހުންނަ ސަރަހައްދުގައި މުޒާހަރާކޮށްފިއެވެ.

އެ ސަރަހައްދުގައި މުޒާހަރާ ކުރި މީހުންގެ ތެރޭގައި ކްލަބްތަކުގެ ބައެއް ބޯޑު މެންބަރުން ވެސް ހިމެނެއެވެ. އެގޮތުން މި މުޒާހަރާގައި ވެލެންސިއާ ބޯޑުގެ ބައެއް މެންބަރުން ހަރަކާތްތެރިވިއެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ތޮލާލް ވަނީ ކްލަބް ވެލެންސިއާގެ ޗެއާމަންގެ މަގާމުން އަބްދުﷲ އަޒްމީން ވަކި ކުރީ ރަނގަޅަށް ނޫން ކަމަށް ކަނޑައަޅާފައެވެ.

Advertisement

މި މުޒާހަރާގެ ބައިވެރިން ވަނީ ކްލަބްތަކާ މެދު ތޮލާލް ކަންކަން ކުރާ ގޮތާއި މެދު ނުރުހުން ފާޅުކޮށްފައެވެ. ކްލަބްތަކުގެ ބޯޑު މެމްބަރުން އެންގުމަކާއި ނުލާ ބަދަލުކުރާ ކަަމަށް އެ ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. ސްޕޯޓްސް ކޮމިޝަނަރަކީ ސިޔާސީ ކަންކަމުގައި އުޅުމުގެ ހުއްދަ އޮންނަ މިހެއް ނޫނެވެ. ނަމަވެސް މިދިޔަ އާދީއްތަ ދުވަހު އޭނާ ވަނީ ޤަވާއިދާއި ޚިލާފަށް ޢަމަލުކޮށް ޕީޕީއެމް ޕީއެންސީގެ އާއްމުންނަށް މަޖިލިސް ކައިރީގައި މުޒާހަރާކުރުމަށް އެ ޕާޓީގެ މީސްމީޑިއާގެ ޕްލެޓްފޯމެއްގައި ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް