ކ. މާލެ
|
29 ޖެނުއަރީ 2024 | ހޯމަ 08:48
ފުލުހެއް މަގުމަތީގައި ހަރަކާތްތެރި ވަނީ
ފުލުހެއް މަގުމަތީގައި ހަރަކާތްތެރި ވަނީ
ޕޮލިސް
ފުލުހުންގެ ޚިދުމަތް ރަނގަޅުކުރުން
"ޕަބްލިކް ޕާސެޕްޝަން ސާރވޭ" ގެ ނަމުގައި ފުލުހުން ޚާއްސަ ދިރާސާ އެއް ފަށައިފި
މި ދިރާސާގެ ސުވާލުތައް ފަރުމާކޮށްފައިވަނީ ވަޒަންކުރެވޭ ގޮތަށް ޕޮއިންޓުދޭ ގޮތަށް
ފުލުހުން ބުނީ މި ދިރާސާ ފަށާފައި ވަނީ ފުލުހުންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ކަމަށް
ޖުމްލަ 37 ސުވާލު މި ދިރާސާގައި ހިމެނޭ

ޕަބްލިކް ޕާސެޕްޝަން ސާރވޭގެ ނަމުގައި ޚާއްސަ ދިރާސާއެއް ފަށާފައިވާ ކަަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި ދިރާސާ ފަށާފައި ވަނީ ފުލުހުންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމަކީ ކޮބައިތޯ ދެނެގަތުމަށްޓަކައި ކަމަށެވެ.  

Advertisement

އޮންލައިންކޮށް ކުރިއަށް ގެންދާ މި ދިރާސާއަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ދިރާސާއެވެ. ފުލުހުން ބުނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމަކީ ކޮބައިތޯ ދެނެގަތުމަށާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށްގެން ތައްޔާރުކުރެވޭ ސްޓްރެޓެޖިކް ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ގޮޮތުން ފުލުހުންގެ ސްޓްރެޓެޖީ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓުން މި ދިރާސާ އިން އެއްކުރާ މައުލޫމާތު ބެނުން ކުރާނެ ކަމަށެވެ.

މި ދިރާސާ ކުރިއަށް ގެންދަނީ މައިގަނޑު 6 ބަޔަކަށް ބަހާލައިގެންނެވެ. އަދި ޖުމްލަ 37 ސުވާލު މި ދިރާސާގައި ހިމެނެއެވެ. މި ދިރާސާގެ ސުވާލުތައް ފަރުމާކޮށްފައިވަނީ ވަޒަންކުރެވޭ ގޮތަށް ޕޮއިންޓުދޭ ގޮތަށެވެ. މި ދިރާސާގައި ބައިވެރިވާ ފަރާތްތަކުގެ ހުށަހެޅުންތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ފުލުހުންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް މަސައްކަތްތައް ބައްޓަންކުރުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް