ކ. މާލެ
|
28 ޖެނުއަރީ 2024 | އާދީއްތަ 18:16
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޖަލްސާއަށް ހުރަސްއަޅަނީ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޖަލްސާއަށް ހުރަސްއަޅަނީ
ރާއްޖެއެމްވީ
މަޖިލީހުގެ ޖަލްސާއަށް ހުރަސްއެޅުން
ސަރުކާރަށް ނިސްބަތްވާ މެމްބަރުން މަސައްކަތްކުރަނީ ޑިމޮކްރެޓިކް ޕްރޮސެސްއަށް ހުރަސް އެޅުމަށް: އެމްޑީޕީ
މަޖިލީހުގެ މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަލާމަތީ ޚިދުމަތްތަކުގެ ޒިންމާއެއް
މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަލާމަތީ ޚިދުމަތްތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރޭ

ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ހުރަސްއަޅައި، މުޅި މަޖިލީހުގެ ނިޒާމު ގެއްލުވާލި މައްސަލަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ން ކުށްވެރިކޮށްފިއެވެ.

އާދިއްތަ ދުވަހު އެމްޑީޕީން ބުނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމަށް ބޭއްވި އެ މަޖިލީހުގެ ޖަލްސާއަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ހުރަސް އަޅައި މުޅި މަޖިލީހުގެ ނިޒާމު ގެއްލުވާލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، ވަޒީރުންނަށް ރުހުން ދިނުމަކީ ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށްވާއިރު، އެ ވޯޓު ނެގުމަށް ސަރުކާރު މެންބަރުން ފުރުސަތު ނުދެނީ ޑިމޮކްރެޓިކް ޕްރޮސެސްއަށް ހުރަސް އެޅުމަށް ކަމަށެވެ.

އެމްޑީޕީން ބުނީ މަޖިލީހުގެ މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަލާމަތީ ޚިދުމަތްތަކުގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް, މެންބަރުންނަށް އިންޒާރުދީ، ގްރީން ޒޯނުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން މަޖިލީހުގެ ތެރެއަށް ގައު އުކާފައި ވާއިރުވެސް މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަލާމަތީ ޚިދުމަތްތަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާތީ އެކަން އެކަން ކުށްވެރިކުރާކަމަށެވެ.

Advertisement

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޒިންމާއާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް އެންމެހާ އިދާރާތަކަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

އެމްޑީޕީން ބުނީ ސަރުކާރުގެ އިސް ވެރިން އިންތިޒާމުކޮށްގެން ގްރީން ޒޯނުގައި މުޒާހަރާ ކުރާއިރު، އެއްވެސް ފަރާތަކަށް ބެލުމެއްނެތި, އެއީ ސަރުކާރުގެ އިސްވެރިންނަށް ވީނަމަވެސް ސަލާމަތީ ޚިދުމަތްތަކުން ގާނޫނު ތަންފީޒުކުރަން ޖެހޭނެ ކަމަށެވެ.

އަދި, ވަކިން ޚާއްސަކޮށް މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ސަލާމަތީ ޚިދުމަތްތަކަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް