ކ. މާލެ
|
28 ޖެނުއަރީ 2024 | އާދީއްތަ 17:00
މަޖިލިސް ތެރޭގައި ހިންގާ ހަމަނުޖެހުންތައް
މަޖިލިސް ތެރޭގައި ހިންގާ ހަމަނުޖެހުންތައް
ރާއްޖެއެމްވީ
ރައްޔިތުން މަޖިލީހުގެ ހިތްހަމަނުޖެހުން
މަޖިލިސް ތެރޭގައި ހިންގާ ހަމަނުޖެހުންތަކުގައި މެންބަރު ޝަހީމްގެ ބޯ ފަޅާލައިފި
މެންބަރު ޝަހީމް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި
މަޖިލީހުގެ ސިސްޓަމްތަކަށް ވެސް ވަނީ ގެއްލުންދީފައި

ރައްޔިތުން މަޖިލީހުގެ ޖަލްސާ ކުރިއަށްގެންދިއުމަށް ޕީއެންސީގެ މެންބަރުން ހުރަސްއެޅުމާ ގުޅިގެން ހިންގަމުންދާ ހަމަނުޖެހުމުގައި، ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް އަބްދުލްހަކީމްގެ ބޯ ފަޅައިގެން ހިނގައްޖެއެވެ.

މެންބަރު ޝަހީމްގެ ބޯ ފަޅައިގެން ގޮސް ލޭ ފައިބާ ވީޑިއޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. އެ ވީޑީއޯތަކުން ފެންނަގޮތުގައި އެއް މެންބަރަކު އަނެއް މެންބަރެއްގެ ގަޔަށް އަތްލައި، ކޮއްޕައި ހަޑިހުތުރު ބަހުރުވައިން އެއްޗެހިކިޔާ މަންޒަރު ފެނެއެވެ. އެއް މެންބަރަކު އަނެއް މެންބަރެއްގެ ބޮލުގައި ހިފައި، ފައިގައި ހިފައި ދަމައި ވައްޓާލައި، އިސްތަށިގަނޑަށް ދަމާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ.

Advertisement

މައުލޫމާތު ލިބޭ ގޮތުގައި މިހާރު މެންބަރު ޝަހީމް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މަޖިލީހުގެ ޗެންބަރުގެ ތެރޭގައި ހިންގާ ހަމަނުޖެހުންގައި މެންބަރު ޝަހީމްގެ އިތުރުން އެހެން ބައެއް މެންބަރުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އަދި މަޖިލީހުގެ ސިސްޓަމްތަކަށް ވެސް ގެއްލުންދީފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް