Advertisement
ކ. މާލެ
|
24 ޖެނުއަރީ 2024 | ބުދަ 22:40
ޑރ. ދީދީ
ޑރ. ދީދީ
އެމްޑީޕީ
ރާއްޖެ ހިމެނޭ ސަރަހައްދު
މި ސަރުކާރުގެ ސަބަބުން މި ސަރަހައްދުގެ ގައުމުތަކުގެ އެކުވެރިކަމަށް ހީނަރުކަން އަންނަ މަންޒަރު ދަނީ ފެންނަމުން: ޑރ. ދީދީ
މިއަދު ދިވެހީން ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަކުރައްވަމުން ޑރ. ދީދީ ވިދާޅުވީ، އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ސަބަބުން، ރާއްޖެ ހިމެނޭ އިންޑިއަން އޯޝަން ސަރަހައްދުގެ ގައުމުތަކުގެ އެކުވެރިކަމަށް ހީނަރުކަން އަންނަ މަންޒަރު ދަނީ ފެންނަމުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ، ދަނޑިކޮށި ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ދީދީ ވިދާޅުވީ ޔޫރަޕް އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަމަނުޖެހުންތަކާއި ހަނގުރާމަތައް އިތުރުވި ނަމަވެސް، ރާއްޖެ ހިމެނޭ މި ސަރަހައްދަކީ ދުނިޔޭގެ އެހެނިހެން ސަރަހައްދުތަކާ އަޅާބަލާއިރު ހަމަނުޖެހުންތައް މަދު ސަރަހައްދެއް ކަމަށެވެ.

އެހެން ނަމަވެސް މިއަދުގެ ސަރުކާރުގެ ޢަމަލުތައް ހުރިގޮތުން، ރާއްޖެ ހިމެނޭ އިންޑިއަން އޯޝަންގެ ސަރަހައްދުގެ ގައުމުތަކުގެ އެކުވެރިކަމަށް ހީނަރުކަން އަންނާނެ ކަމުގެ ސިގްނަލްތައް މިހާރު ވެސް ފެންނާން ފަށައިފިކަމަށް ދީދީ ވިދާޅުވިއެވެ.

Advertisement

އެކަމަކީ މިއަދު ދިވެހީން ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަކުރައްވަމުން ޑރ. ދީދީ ވިދާޅުވީ، އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ.

އެއާއެކު، ޑރ. ދީދީ ވިދާޅުވީ މި ސަރުކާރުން ކުރާ ނޭއްގާނީ ޢަމަލުތައް ހުއްޓުވުމަށް މަޖިލީހުގެ ތެރެއިން، ގާނޫނީ ގޮތުން ކުރެވޭނެ ކަންކަން އެމްޑީޕީން ކުރާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް