ކ. މާލެ
|
24 ޖެނުއަރީ 2024 | ބުދަ 12:26
ފުލުހުންގެ ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރުން
ފުލުހުންގެ ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރުން
ޕޮލިސް
މަކަރާއި ހީލަތުގެ މައްސަލަ
މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް 3 މީހަކު ހޯދަނީ
ހުޅުމާލެ ފޭސް ދޭއް  ޕޮލިސް ސްޓޭޝަން / 2024 ޖަނަވަރީ 31 ވަނަ ދުވަހުގެ 10:00އަށް ހާޒިރުވާން ޖެހޭ
މިއީ ހުޅުމާލެ ފޭސް ދޭއް ޕޮލިސްގެ އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއް

ފުލުހުން ތަހުގީގު ކުރަމުންދާ މަކަރާ ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ތިން މީހަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މިއީ ހުޅުމާލެ ފޭސް ދޭއް ޕޮލިސްގެ އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއް ކަމަށެވެ.

ފުލުހުން ވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އެމީހުންނަށް އަންގާފައެވެ.

Advertisement

މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ބ. ގޮއިދޫ / ހީނާމާގެ، އަޙްމަދު ޔާނިސް (27އ)، ކ. މާލެ / އަނދުންގެ، އިބްރާހީމް ޝަމީމް (60އ) އަދި އއ. ފެރިދޫ / ބަހާރީގެ، މުޙައްމަދު ޝާން (29އ) އެވެ.

އެމީހުން ހޯދަމުންދަނީ މައްސަލައިގެ ތަހުގީގަށް، ސުވާލުކުރުމަށެވެ. އެގޮތުން ހުޅުމާލެ ފޭސް ދޭއް  ޕޮލިސް ސްޓޭޝަން / 2024 ޖަނަވަރީ 31 ވަނަ ދުވަހުގެ 10:00އަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް