ކ. މާލެ
|
23 ޖެނުއަރީ 2024 | އަންގާރަ 20:53
ރާއްޖެ އަންނަ ޗައިނާ އުޅަނދުގެ ރޫޓް
ރާއްޖެ އަންނަ ޗައިނާ އުޅަނދުގެ ރޫޓް
ޗައިނާގެ ދިރާސާ އުޅަނދު
ޗައިނާގެ ދިރާސާ އުޅަނދު ރާއްޖެ އައިނަމަވެސް ދިރާސާއެއް ނުކުރާނެ: ސަރުކާރު
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނީ، ދިރާސާކުރާ ޗައިނާގެ އުޅަނދެއް ރާއްޖެ އަންނަނީ ކުރޫއިން ބަދަލުކުރުމާއި ސްޓޮކް އައުކުރުމަށް ކަމަށް
ރާއްޖޭގައި ބަނދަރުކުރުމުގެ ހުއްދައަކަށް ދިވެހި ސަރުކާރުގައި ރަސްމީކޮށް އެދިފައިވޭ

ކަނޑު ދިރާސާކުރާ ޗައިނާގެ އުޅަނދެއް ރާއްޖެ އަންނަކަމަށާއި، ނަމަވެސް އެ އުޅަނދު އަންނަނީ ދިރާސާކުރަން ނޫންކަމަށް، ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، ދިރާސާކުރާ ޗައިނާގެ އުޅަނދެއް ރާއްޖެ އަންނަނީ ކުރޫއިން ބަދަލުކުރުމާއި ސްޓޮކް އައުކުރުމަށް ކަމަށެވެ. އަދި އެކަން ކުރަނީ އެ ބޯޓު ރާއްޖޭގައި ބަނދަރުކުރުމުގެ ހުއްދައަކަށް ޗައިނާގެ ސަރުކާރުން ރާއްޖޭގައި ރަސްމީކޮށް އެދިގެން ކަމަށެވެ.

ނަމަވެސް އެ ބޯޓުން ރާއްޖޭގެ ސަރަހައްދުގައި ދިރާސާގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

Advertisement

ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ގައުމުތަކުގެ މިލިޓަރީ އަދި ސިވިލް އުޅަނދުފަހަރު ރާއްޖޭގައި ބަނދަރުކޮށް، ސުލްހަވެރި ހަރަކާތްތެރިކަން ހިންގުމުގެ ހުއްދަ ދޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގައުމުތަކާ ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ، ބަދަހިވެގެން ދާކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މިހާތަނަށް ތިލަވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޗައިނާގެ ކަނޑުގެ ރިސަރޗް ކުރާ އުޅަނދެއް ޖެނުއަރީ 30ގައި މާލެ އައުމަށް އަންނަނީ ދަތުރުކުރަމުންނެވެ. އެގޮތުން ކަނޑު އުޅަނދުތައް ޓްރެކްކުރާ ސައިޓުތަކުންއެނގޭގޮތުގައި ރާއްޖެ އަންނަނީ ޗައިނާ ސަރުކާރުގެ އުޅަނދެއް ކަމަށްވާ "XIANG YANG HONG 03" އެވެ.

ކަނޑުގެ ސަރަހައްދުގައި ހަަރަކާތްތެރިވުމާ ދެކޮޅަށް އިންޑިއާއިން އަންނަނީ ވަރަށް ބޮޑަށް ވާހަކަދައްކަމުންނެވެ. އިންޑިއާގެ އިތުރުން، ޗައިނާގެ ރިސަރޗް އުޅަނދުތައް ސްރީލަންކާ ސަރަހައްދަށް ވަނުން އެގައުމުގެ ސަރުކާރުންވެސް ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް މަނާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް