ކ. މާލެ
|
23 ޖެނުއަރީ 2024 | އަންގާރަ 06:54
މަކަރާއި ހީލަތުގެ މައްސަލައަކާއި ގުޅިގެން ހޯދަމުންދާ މީހާ
މަކަރާއި ހީލަތުގެ މައްސަލައަކާއި ގުޅިގެން ހޯދަމުންދާ މީހާ
ޕޮލިސް
މަކަރާއި ހީލަތުގެ މައްސަލަ
މަކަރާއި ހީލަތުގެ ކުށުގެ ދަޢުވާއާއި ގުޅިގެން މީހަކު ހޯދަނީ
މި އަމުރާ ގުޅިގެން ހޯދަމުންދަނީ ހއ. ދިއްދޫ / ޕެލަސް، އިބްރާހިމް ޝަފީޤު (40އ)

މަކަރާއި ހީލަތުގެ ކުށުގެ ދަޢުވާއާއި ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާޅެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން  ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ ހއ. ދިއްދޫ / ޕެލަސް، އިބްރާހިމް ޝަފީޤު (40އ) އެވެ.

Advertisement

އިބްރާހިމް ޝަފީޤް ހޯދަމުންދަނީ މަކަރާއި ހީލަތުގެ ކުށުގެ ދަޢުވާ އާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2024 ޖަނަވަރީ 31 ވަނަ ދުވަހުގެ 10:30 އަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

އިބްރާހިމް ޝަފީޤް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ޝުކުރު ދަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް