ކ. މާލެ
|
22 ޖެނުއަރީ 2024 | ހޯމަ 16:49
ޕީޕީއެމް /ޕީއެންސީ ޖޮއިންޓް ސެނެޓް ބައްދަލުވުން
ޕީޕީއެމް /ޕީއެންސީ ޖޮއިންޓް ސެނެޓް ބައްދަލުވުން
ޕީއެންސީ
ޕީޕީއެމް/ޕީއެންސީ
މުއިއްޒާއި ޕާޓީއަށް ގޮތްހުސްވެ، ހުރިހާ މެމްބަރުންނަށް ވާދަކުރެވޭ ގޮތް ހަދައިފި
އެ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު
މިހާތަނަށް ކެންޑިޑޭޓުންގެ ލިސްޓު ހާމައެއް ނުކުރޭ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އާއި ޕީއެންސީ އަށް ގޮތްހުސްވެ، މަޖިލިސް އިންޕާޓީގެ ހުރިހާ މެމްބަރުންނަށް ވާދަކުރެވޭ ގޮތް ހަދައިފިއެވެ.

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ ބައެއް ކެންޑިޑޭޓުންނަށް ކުރިމަތި ނުލެވޭ ގޮތަށް ނިންމުމާ އެކު ހުށަހެޅި ޝަކުވާތަކަށް ރިއާޔަތްކުރައްވައި ރައީސް މުއިއްޒުގެ ނިންމެވުމަކީ ހުރިހާ ކެންޑިޑޭޓުންނަށް ފުރުސަތު ހުޅުވާލުން ކަމަށެވެ.

ޕްރައިމަރީއަށް ކުޑަދުވަސްކޮޅެއް ވެފައިވަނިކޮށް ބައެއް ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްކުރުމުން އާއްމުންގެ ނުރުހުން ވަނީ އިންތިހާ އަށް ބޮޑުވެފައެވެ. އަދި ޕީޕީއެމް/ޕީއެންސީގެ އެތެރޭގައި ފިތުނަ އުފެދޭ ގޮތަށް ވާހަކަތައް ދައްކާ ބައެއް ކެނޑިޑޭޓުން ޕާޓީ އަށް ޚިދުމަތްތަކެއް ކޮށްދީފައިނުވާ ކަމަށް ޕާޓީގެ އިސް ބައެއް ފަރާތްތަކުން ބުނެފައިވާ ކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ވަނީ ބުނެފައެވެ.

Advertisement

ޕީއެންސީ/ޕީޕީއެމްގެ އެތެރޭގެ ޑިމޮކްރަސީ ބަލިކަށިކަން ފާހަގަކޮށް އާއްމުން އަައީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ޕާޓީން ބައެއް މީހުން ކެނޑިގެން ހިނގައިދާނެކަމުގެ އިންޒާރުދޭން ފެށުމުން ޕްރެޝަރ ބޮޑުވެ ޕާޓީގެ ނިންމުން ވަނީ ބަދަލުކޮށްފައެވެ. ޕީޕީއެމް/ޕީއެންސީ ކޯލިޝަން އަދި ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން ބައެއް ކެނޑިޑޭޓުންގެ ކެނޑިޑެސީ ބާތިލްކުރުމަށް ނިންމާފައިވާ ނިންމުން ބަދަލުކޮށް، އެންމެންނަށް ޕްރައިމަރީގައި ބައިވެރިވެވޭ ގޮތަށް ރައީސް މުއިއްޒު ވަނީ ނިންމަވާފައެވެ.

މީގެ ކުރިން ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް ސޮއިކުރައްވައި ބައެއް މީހުންނަށް ޕްރައިމަރީން ފުރުސަތު ދެވެން ނެތް ކަމަށް ބުނެ ސިޓީތަކެއް ފޮނުއްވިއެވެ. އެކަމާއި ގުޅިގެން ޕީއެންސީގެ އޮފީހުގައި ބައެއް ކެންޑިޑޭޓުންނާއި ސަޕޯޓަރުން ވަނީ އިހުތިޖާޖުވެސް ކޮށްފައެވެ.

ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތި ނުލެވޭގޮތަށް ނިންމުމާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ރިޢާޔަތް ކުރެއްވުމަށްފަހު،ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހައި ބޭފުޅުންނަށް ވާދަކުރެއްވޭގޮތަށް ޕްރައިމަރީ ބާއްވަން ޕާޓީގެ ރައީސް،ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފި.
އަބްދުއްރަހީމް

ހުރިހާ ކެންޑިޑޭޓުންނަށް ފުރުސަތު ދޭނެ ކަމަށް ޕީއެންސީން ބުނި ނަމަވެސް، އަދި މިހާތަނަށް ކެންޑިޑޭޓުންގެ ލިސްޓު ހާމައެއް ނުކުރެއެވެ.

އެ ކޯލިޝަންގެ ޕްރައިމަރީގައި ވާދަކުރުމަށް ގިނަ އަދަދެއްގެ ބަޔަކު ފޯމް ހުށަހެޅިއެވެ. އެ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް