Advertisement
ކ. މާލެ
|
21 ޖެނުއަރީ 2024 | އާދީއްތަ 16:35
އިންތިޚާބީ މޭޔަރު، އާދަމް އާޒިމް
އިންތިޚާބީ މޭޔަރު، އާދަމް އާޒިމް
އެގްރިކަލްޗަރ މަޝްރޫއު
އުތުރު ތިލަފަޅުގައި ކުރިއަށްގެންދަން ނިންމާފައިވާ އެގްރިކަލްޗަރ މަޝްރޫއު ފުށިދިއްގަރު ފަޅަށް ބަދަލުކޮށްދިނުމަށް، އިންތިޚާބީ މޭޔަރު ގޮވާލައްވައިފި
ތަރައްގީގެ މަޝްރޫއުތަކާ ދެކޮޅު ނުހައްދަވާ ކަމަށް ވިދާޅުވި
ދަފްތަރުގައި ތިބި މީހުން އުތުރު ތިލަފަޅަށް ދާން ބޭނުންވޭ
ކަނޑުދަތުރުކޮށްފައި އެހެން ދިމާއަކަށް ދާންޖެހުމުން ދަތިވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އުތުރުތިލަ ފަޅުގައި ކުރިއަށް ގެންދަން ނިންމާފައިވާ އެގްރިކަލްޗަރ ބޮޑު މަޝްރޫއު ފުށިދިއްގަރު ފަޅަށް ބަދަލުކޮށްދިނުމަށް، އިންތިޚާބީ މޭޔަރ އާދަމް އާޒިމް ގޮވާލައްވައިފިއެވެ.

ބިންވެރިންގެ ސައްލާގެ ނަމުގައި ކުރިއަށް ގެންދިޔަ ސައްލާގައި އާޒިމް ވިދާޅުވީ، މާލެ ރައްޔިތުން ދިރިއުޅުމަށް ގެންދަންޖެހޭނީ ބްރިޖުން ދަތުރުކުރެވޭ ސަރަހައްދުތަކަށް ކަމަށެވެ. ކަނޑުދަތުރުކޮށްފައި އެހެން ދިމާއަކަށް ދާންޖެހުމުން އެކަމުގެ ދަތިކަން ކުރިމަތިވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. ވިލިމާލެއަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ، ކަނޑު ގަދަ ދުވަސްވަރުތަކުގައި ވިލިމާލެއަށް ކުރާ ފެރީގެ ދަތުރުތައް ވެސް ކެންސަލް ކުރަންޖެހޭ ކަމަށެވެ.

Advertisement

އާޒިމް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކާ ދެކޮޅު ނުހައްދަވާ ކަމަށާއި، އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ރާއްޖޭގައި ހެއްދޭ ހުރިހާ ބާވަތެއް އުތުރުތިލަ ފަޅުގައި ހައްދަން ސަރުކާރުން މަޝްވަރާތައް ފަށާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ، އެ މަޝްރޫއު ފުށިގިއްގަރު ފަޅަށް ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި އުތުރު ތިލަފަޅުގައި މީހުންނަށް އާބާދުވެވޭ ގޮތަށް އެތަން ތަރައްގީ ކުރަންޖެހޭ ކަމަށާއި، މާލޭގައި 20 އަހަރަށްވުރެ ގިނަ ދުވަހު ދިރިއުޅުނު މީހުންނާއި، ދަފްތަރުގައި ތިބި މީހުން އެތަނަށް ދާން ބޭނުންވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އުތުރު ތިލަފަޅުގައި ގަސް ހެއްދުން، ނޫނިއްޔާ އެގްރިކަލްޗަރަލް ޕްރޮޖެކްޓެއް އައިސްފިއްޔާ އެދެން، އެ ޕްރޮޖެކްޓް ކުރިއަށް ގެންގޮސްދެއްވާށޭ ފުށިދިއްގަރު ފަޅަށް. ރައްޔިތުންނަށް ފަސޭހައިން ދަތުރުކުރެވޭ ގޮތް ހެދިދާނޭ. ފުށިދިއްގަރު ފަޅުގަ ތިބުނާ އެގްރިކަލްޗަރަލް މަސައްކަތް ކޮށްގެން ތިބުނާ އެއްޗެހި މާލެއަށް ވެސް ގެނެވިދާނެ، އެހެންތަނަކަށް ވެސް ގެންދެވިދާނެ. އެއީ ކޮންމެ ދުވަހަކު ކުރަންޖެހޭ ކަމެއް ނޫން.
އިންތިޚާބީ މޭޔަރު، އާދަމް އާޒިމް

ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެގްރިކަލްޗަރ ދާއިރާއިން ފުޑް ސެކިއުރިޓީ ގާއިމުކުރުމާއި އަދި އެގްރިކަލްޗަރ އިންޑަސްޓްރީ ފުޅާކޮށް ތަރައްގީ ކުރުމާ ގުޅޭގޮތުން ޗައިނާއާއެކު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ.

އުތުރު ތިލަފަޅުގައި ރާއްޖޭގެ ރައްޔިތުންނަށް ވާވަރަށް ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތްތަކެއް އުފެއްދޭވަރުގެ އެގްރިކަލްޗަރ އެސްޓެބްލިޝްމަންޓެއް ގާއިމުކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން އެތަނުގައި ދެ ލައްކަ ރައްޔިތުންނަށް ބޭނުންވާ ވަރަށް ތަކެތި އުފެއްދޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

މި މަޝްރޫއުގެ އިތުރު ތަފްސީލެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މި ދައުރުގައި އުތުރު ތިލަފަޅުގައި ބަގީޗާތަކުގެ ހާރެއް އަތުރުއްވާލައްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް