ކ. މާލެ
|
19 ޖެނުއަރީ 2024 | ހުކުރު 05:59
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރާއްޖެއެމްވީ
އިންޑިޔާއަށް އިހުތިރާމްކުރުމަށް ގޮވާލެއްވުން
އިންޑިޔާއަށް އިހުތިރާމްކުރުމަށް ނަޝީދު ގޮވާލައްވައިފި
ދިވެހިން އަމިއްލަ ވެރިކަމެއް ހޯދާފައިވަނީ ހަރުދަނާ އަދި ރޭވުންތެރި ބަޔަކަށް ވާތީ ކަމަށާއި އެއީ ގަދަބާރުން ހޯދި އެއްޗެއް ނޫން ކަމަށް ނަޝީދު ވިދާޅުވި
ނަޝީދު ވިދާޅުވީ ވެރިންގެ ދުރުވިސްނުމެއް ނެތް ނަމަ ރާއްޖެއަށް ގެއްލުންވާނެ ކަމަށް

އިންޑިއާއަކީ ރާއްޖޭގެ ރަހުމަތްތެރިއެއް ކަމަށާއި އަބަދުވެސް އެ ގައުމަށް އިހުތިރާމް ކުރަން ވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިން އަމިއްލަ ވެރިކަމެއް ހޯދާފައިވަނީ ހަރުދަނާ އަދި ރޭވުންތެރި ބަޔަކަށް ވާތީ ކަމަށާއި އެއީ ގަދަބާރުން ހޯދި އެއްޗެއް ނޫން ކަމަށެވެ. ރާއްޖެ-އިންޑިއާ މައްސަލަ ހޫނުވެ، ދެ ގައުމުގެ ގުޅުމަށް އަސަރު ކޮށްފައިވާއިރު، ނަޝީދު ވިދާޅުވީ ވެރިންގެ ދުރުވިސްނުމެއް ނެތް ނަމަ ރާއްޖެއަށް ގެއްލުންވާނެ ކަމަށެވެ.

Advertisement

"އިންޑިއާއަކީ އަހަރެމެންގެ އަވަށްޓެރިއެއް އަދި ރަހުމަތްތެރިއެއް. އަބަދުވެސް އިންޑިއާއަށް އިހުތިރާމު ކުރަން ވާނެ،" ނަޝީދުގެ ޕޯސްޓްގައި ވިދާޅުވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ލަކްޝަދީޕުގެ ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ ވީޑިއޯއަކާ އެކު، ރާއްޖެ އާއި އިންޑިއާއާ ދެމެދު ސޯޝަލް މީޑިއާގައި ބޮޑު ޒުވާބެއް އުފެދި، ދެ ގައުމުގެ ދެމެދު އޮންނަ ގުޅުމަށް ވަނީ މިއިން ދުވަހަކު ނުކުރާ ވަރަށް އަސަރުކޮށްފައެވެ.

މިހުރިހާ ކަމަކާއެކު އިންޑިޔާ ސިފައިން ރާއްޖެއިން ފޭބުމަށް މުހުލަތެއްދީ ދެ ގައުމުގެ ދެމެދު މަޝްވަރާތަކެއްވެސް އަންނަނީ ހިނގަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް