Advertisement
ކ. މާލެ
|
18 ޖެނުއަރީ 2024 | ބުރާސްފަތި 12:43
އޭސީސީ
އޭސީސީ
ރާއްޖެއެމްވީ
ފްލެޓު ލިސްޓުގެ ތަހުގީގު
ފްލެޓު ލިސްޓުގެ ތަހުގީގު ނިންމަން އަދި ނަގާނީ ކިހާ ދުވަހެއްކަމެއް ނޭނގޭ: އޭސީސީ
ތަހުގީގު މިހާރު އޮތީ ނިންމުމުގެ މަރުޙަލާގައި
މިވަގުތަށް ތަހުގީގު ނިމޭނެ ސީދާ ދުވަހެއް ބުނަން އުނދަގޫ
ފްލެޓު ދިނުން ލަސްވާތީ ބުރާސްފަތި ދުވަހުވެސް ބައެއް ފަރާތްތަކުން އިހުތިޖާޖުކޮށްފައިވޭ

ނިމިިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކާއި ގުޅިގެން އޭސީސީން ތަހުގީގުކުރަމުންދާ މައްސަލަ ނިންމަން އަދި ނަގާނީ ކިހާ ދުވަހެއްކަމެއް ނޭނގޭކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ރާއްޖެއެމްވީން ސުވާލުކުރުމުން އޭސީސީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ތަހުގީގު މިހާރު އޮތީ ނިންމުމުގެ މަރުޙަލާގައި ކަމަށެވެ.

ތަހުގީގު ނިންމުމުގެ މަރުޙަލާގައި ކިހާ ދުވަހެއްވާނެތޯއާއި، އެކަމަށް ގާތްގަނޑަކަށް ހޭދަވާނެކަމަށް ބެލެވެނީ ކިހާ ދުވަހެއްތޯ ސުވާލު ދެންނެވުމުން ވިދާޅުވީ، ތަހުގީގަށް އަދި ނަގާނީ ކިހާ ދުވަހެއްކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ތަހުގީގު ކުރިއަށްދާއިރު އޭސީސީން ޓައިމްލައިންތަކެއް ކަނޑައަޅާފައިވާ ކަމަށާއި، ނަމަވެސް އޭސީސީން ކަނޑައަޅާފައިވާ ޓައިމްލައިން ހިއްސާ ނުކުރެވޭނެކަމަށެވެ.

Advertisement

އަދި މިވަގުތަށް ތަހުގީގު ނިމޭނެ ސީދާ ދުވަހެއް ވިދާޅުވަން އުނދަގޫކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ތަހުގީގުގެ ބޭނުމަށް މީހުން ހާޒިރުކޮށް ބަޔާން ނެގުން ނިމުނީތޯ ރާއްޖެއެމްވީން ދެންނެވި ސުވާލަށް ވިދާޅުވީ، މިއީ ތަހުގީގު ކުރިއަށްދާ މައްސަލައަކަށް ވާތީ ބަޔާން ނެގުން ނިމުނީތޯ ނޫންތޯ ވިދާޅުވާން ވެސް ދަތި ކަމަށެވެ.

މިހާރުވެސް ބައެއް ފަރާތްތަކުގެ ބަޔާން ނަގާފައިވާނެކަމަށް އޭސީސީން މައުލޫމާތު ދިނެވެ.

ފްލެޓު ދިނުން ލަސްވާތީ ބުރާސްފަތި ދުވަހު ވެސް ބައެއް ފަރާތްތަކުން އިހުތިޖާޖުކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް