ކ. މާލެ
|
17 ޖެނުއަރީ 2024 | ބުދަ 07:13
މަސްއޮޑި ކުޅުންތެރިން އުފާ ފާޅުކުރަނީ
މަސްއޮޑި ކުޅުންތެރިން އުފާ ފާޅުކުރަނީ
މަސްއޮޑި
ދެވަނަ ޑިވިޝަން ފުޓްބޯޅަ
މަސްއޮޑި ސްޕޯރޓްސް ކްލަބުން ކުއާޓާ ފައިނަލްގެ ޖާގަ ޔަޤީންކޮށްފި
ފުރަތަމަ ދެ މެޗު ކާމިޔާބުކުރީ 4-0 ން

ދެވަނަ ޑިވިޝަންގެ ގްރޫޕް ސްޓޭޖްގައި ކުޅުނު ތިންވަނަ މެޗުގައިވެސް ބޮޑު މޮޅެއް ހޯދައިގެން މަސްއޮޑި ސްޕޯރޓްސް ކްލަބުން ކުއާޓާ ފައިނަލްގެ ޖާގަ ޔަޤީންކޮށްފިއެވެ.

މަސްއޮޑި ކުއާޓާ ފައިނަލް ޔަޤީންކުރީ ފުރަތަމަ ތިން މެޗު ވެސް ކާމިޔާބުކޮށްގެންނެވެ. ތިން މެޗުން ވެސް ހޯދީ ބޮޑު މޮޅެކެވެ. އަންގާރަ ދުވަހު ހަވީރު ކުޅުނު ތިންވަނަ މެޗުގައި މަސްއޮޑި ބޮޑު މޮޅެއް ހޯދީ ޖޭޖޭ ސްޕޯރޓްސް ކްލަބާ ވާދަކޮށެވެ. މެޗު ކާމިޔާބުކުރީ 6-0 ނެވެ. މެޗުގައި ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ ފަހު މިނެޓުގައި ޖެހީ އައްޒާމް އަބްދުالله އެވެ. ދެވަނަ ލަނޑާއި, ތިންވަނަ ލަނޑު ދެވަނަ ހާފްގައި ޖެހީ ކެޕްޓަން އިބްރާހީމް ވަހީދު އެވެ. ހަތަރު ވަނަ ލަނޑު ޖެހީ ކުރިން ފުރަތަމަ ޑިވިޝަންގައި ކުޅުނު އަލީ ޝާމިސް (ތޮއްޕެ) އެވެ. ފަސްވަނަ ލަނޑު ޖެހީ ޖަހޯނޯވް އެވެ. ފަހު ލަނޑު ޖެހީ ފެލިކްސް އެވެ. މަސްއޮޑިއަކީ ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދަން ރަނގަޅު ސްކޮޑަކާއެކު ދުރާލާ ތައްޔާރުވާން ފެށި ޓީމެކެވެ.

މަސްއޮޑި ވަނީ ފުރަތަމަ މެޗުގައި 4-0 ން މަހިބަދޫ ބަލިކޮށްފައެވެ. ދެވަނަ މެޗުގައި އެލްޓީ ސްޕޯރޓްސް ކްލަބް ބަލިކުރީ ވެސް އެ ނަތީޖާއިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް