ޔަމަނުގެ ހޫޘީންގެ ފަރާތުން ބައިނަލްއަޤްވާމީ ޝިޕިންގއަށް އޮތް ނުރައްކާ ނައްތާލުމަށް މަސައްކަތްކުރާ މަލްޓިނޭޝަނަލް ނޭވަލް ފޯސްގެ ބައިވެރިއެއްގެ ހައިސިއްޔަތުން ދުނިޔޭގެ މައިދާނުގައި އިނގިރޭސި ވިލާތުން، އެޤައުމުގެ އަމިއްލަ އަސްކަރީ ބައިވެރިވުން ވަނީ އިތުރުކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ޑިފެންސް ސެކްރެޓަރީ ގްރާންޓް ޝެޕްސް ހޯމަ ދުވަހު ލެންކެސްޓާ ހައުސްއަށް ދެއްވި ތަގުރީރުގައި ވިދާޅުވީ ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށް އިޖާބަދިނުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުން ދާނެކަމަށެވެ.
މިދިޔަ އޮކްޓޫބަރު މަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް ހަމަލާ ދިނުމާ ގުޅިގެން، ރޯޔަލް ނޭވީ ޓާސްކް ގްރޫޕަކާއި މެރިން އަދި ސަވައިލަންސް މަތިންދާ ބޯޓުތައް އިސްރާއީލަށް ފޮނުވި ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެއެވެ. އަދި މިދިޔަ ޑިސެމްބަރު މަހު ޔަމަނުގެ ހޫޘީން ހަމާސްއަށް ތާއީދުކޮށް ބައިނަލްއަގުވާމީ ޝިޕިންއަށް ހަމަލާދިނުމާ ގުޅިގެން އިނގިރޭސިވިލާތް ވަނީ ރަތް ކަނޑުގައި ހިންގާ މަލްޓިނޭޝަނަލް އޮޕަރޭޝަން ޕްރޮސްޕެރިޓީ ގާޑިއަންގެ އިސްނެގުމަށް އެމެރިކާއާ ގުޅިފައެވެ.
ހުކުރު ދުވަހު ހޫޘީން އެޗްއެމްއެސް ޑައިމަންޑާއި އެމެރިކާގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކަށް 21 ޑްރޯން އާއި މިސައިލުން ހަމަލާ ދިނުމުން އެ ފޯސްއިން ހޫޘީންގެ އަސްކަރީ ތަންތަނަށް ވަނީ ހަމަލާދީފައެވެ.
އިނގިރޭސިވިލާތުން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަސްކަރީ ޕްރޮފައިލް އާއި ދިފާއީ ބަޖެޓު އަމިއްލަ ގައުމުގައި މަތިކުރަމުންނެވެ. ޝާޕްސް ވިދާޅުވީ މިއަހަރު މިހާރުވެސް 50 ބިލިއަން ޕައުންޑް (63 ބިލިއަން ޑޮލަރު) ގައި ހުރި ދިފާއީ ޚަރަދުވީހާވެސް އަވަހަކަށް ޖީޑީޕީގެ 2.5 އިންސައްތައަށް އަރާނެ ކަމަށާއި ނޭޓޯގެ އެހެން ބައިވެރިންވެސް އެގޮތަށް އަމަލުކުރުމަށް ގޮވާލައްވާ ކަމަށެވެ.
އިނގިރޭސި ވިލާތުން ބުނީ ރަތް ކަނޑުގެ މި ފިޔަވަޅުގެ ޖަސްޓިފިކޭޝަނަކީ ދުނިޔޭގެ ވިޔަފާރީގެ ކަންކަން ހިމާޔަތް ކުރުން ކަމަށެވެ. ދުނިޔޭގެ ކަނޑުގެ ޓްރެފިކްގެ ގާތްގަނޑަކަށް 15 އިންސައްތަ ދަތުރުކުރަނީ އިންޑިއާ ކަނޑު ރަތް ކަނޑުން ވަކިކުރާ ބާބް އަލް މަންޑޭބް ކަނޑުއޮޅިންނެވެ. އެ ހިސާބުން ސުއޭޒް ކެނަލް މެދުވެރިކޮށް ޔޫރަޕަށް ދެއެވެ.
އޭގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ކޮންޓެއިނާ އުޅަނދުތަކަށެވެ. އެ އުޅަނދުތަކުން ޗައިނާއިން އުފައްދާ އުފެއްދުންތައް ޔޫރަޕްގެ ބާޒާރަށް ގެނައުން ހިމެނެއެވެ.
ދުނިޔޭގެ އެންމެ ބޮޑު ކޮންޓެއިނާ އުޅަނދުފަހަރު އޮޕަރޭޓްކުރާ މޮލަރ-މާރސްކް އިން ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު އެފްރިކާގެ ވަށައިގެން އެއުޅަނދުތައް ޑައިވާޓް ކުރާކަމަށް ބުނުމުން، އެހެން ޝިޕަރުންވެސް އެގޮތަށް އަމަލުކުރަން ފެށިއެވެ. މި ޑައިވާޝަންގެ ސަބަބުން ގާތްގަނޑަކަށް 10 ދުވަހުގެ ޝިޕިން ޓައިމް އިތުރުވެ، ޚަރަދު ބޮޑުވެ، އަގުތައް އުފުލޭނެއެވެ. މާރްސްކް އިން މިގޮތަށް ނިންމީ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ހޫޘީން މާރސްކް ހަންގްޒޫއަށް ދިން ހަމަލާއާ ގުޅިގެންނެވެ.
ޔޫރަޕްގެ ރިފައިނަރީތަކަށް މެދުއިރުމަތީގެ ތެޔޮ ގެނައުމަށް ސުއޭޒް ބޭނުންކުރާތީ، އޭގެ އަސަރު ކުރި އަނެއް ބޮޑު ކެޓަގަރީގެ އުޅަނދުތަކަކީ ތެޔޮ ޓޭންކަރުތަކެވެ. ދުނިޔޭގެ ތެލުގެ ތިންބައިކުޅަ އެއްބައި އުފުލަނީ ގްރީސްގެ ހިއްސާ އޮންނަ އުޅަނދުތަކުންނެވެ.
ގްރީސްގެ ޓޭންކަރު އޮޕަރޭޓަރެއްގެ އެޑްވައިޒަރަކު އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ ގްރީސްގެ ޓޭންކަރު ވިޔަފާރިތަކުން ރަތް ކަނޑުގެ ހާލަތު ބަލަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.
ހަމާސް ޖަމާއަތާއި ހޫޘީން ވެސް ތިބީ އީރާނުން ހަތިޔާރު އަޅައިގެންނެވެ. އީރާނުގެ ތިން ވަނަ ޕްރޮކްސީއެއް ކަމަށްވާ ލުބުނާނުގެ ހިޒްބުالله އިން ވެސް ވަނީ އިސްރާއީލަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ. އަދި އީރާނުގެ ސީދާ ބައިވެރިވުމުގެ ފުރުސަތު އެބައޮތެވެ. ހިޒްބުاللهގެ އަތުގައި އެއްލައްކަ ފަންސާސް ހާސް ރޮކެޓް ހުރި ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ހޫޘޒިންގެ އަތުގައި ވެސް ބާރުގަދަ ހަތިޔާރު ހުރެދާނެއެވެ. އެމީހުން ހަމަލާދިނީ އެމެރިކާ އާއި އިނގިރޭސިވިލާތުން ދިން އަދަބީ ހަމަލާތަކުގެ ތިން ދުވަސް ފަހުން އެމެރިކާގެ ހިއްސާ އޮންނަ އުޅަނދަކަށެވެ.
ލަންޑަންގެ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޓްރެޓެޖިކް ސްޓަޑީޒް އިން ގަބޫލުކުރާ ގޮތުގައި އީރާނުން ހޫޘީންނަށް ސައްޔާދާއި ޤުދުސް އަށް 800 ކިލޯމީޓަރު (500 މޭލު) ރޭންޖުގެ މިސައިލާއި 500 ކިލޯ (300 މޭލު) ރޭންޖުގެ މިސައިލް 300 ކިލޯ (660 ޕައުންޑް) ގެ ވޯހެޑް ދީފައިވެއެވެ.
އައިއައިއެސްއެސްގެ ބްލޮގްގައި އައިއައިއެސްއެސްގެ ފަބިއަން ހިންޒް ލިޔުއްވާފައިވާ ގޮތުގައި ހޫޘީން ޝިޕިންއާ ދެކޮޅަށް ހިންގާ ކެމްޕޭނާއި އިސްރާލާއި ހަމާސް އާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިފައިވީ ނަމަވެސް އީރާނުން ހަތިޔާރު ފޯރުކޮށްދެމުން ދިޔައީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލާއި ހަމާސްގެ ހަމަނުޖެހުން އުފެދުމުގެ މާ ކުރިންނެވެ. އެހެން ނަމަވެސް އިނގިރޭސިވިލާތުން ވަނީ އެޑްވާންސް ޑިފެންސަކީ މުސްތަގުބަލުގައި އެހެން އެކްޓަރުން ކުރިމަތިވެދާނެ ހަމަނުޖެހުންތަކާ ދެކޮޅަށް އޮތް އެންމެ ރަނގަޅު ހުރަހެއް ކަމަށް ކަނޑައަޅައިފައެވެ.