ސްޕެނިޝް ސުޕަކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ބޭނުން ކުރާނީ ބާސެލޯނާގެ ލެޖެންޑް ޔޯހަން ކްރައިފްގެ ފޯމިއުލާ ކަމަށް ކޯޗު ޒަވީ ހަނާންޑޭޒް ބުނެފި އެވެ.
ސައޫދީ އަރަބިއްޔާގައި ކުޅޭ ފައިނަލް މެޗުގެ ކުރިން ވާހަކަ ދައްކަމުން ޒަވީ ބުނީ ބާސެލޯނާ ޒަމާނީކޮށްލި ކުޅުންތެރިޔާ އަދި ކޯޗު ކްރައިފްގެ ފޯމިއުލާއަކީ ތަށި ހޯދާ އުސޫލެއް ކަމަށެވެ. އަދި ތަށި ދިފާއު ކުރަން ނުކުންނައިރު ކްރައިފް އަމަލުކުރިގޮތް ހަނދާންކޮށް، އަމަލުކުރުން ބުއްދިވެރި ކަމަށެވެ.
އަހަރުމެން ގެންގުޅެން ޖެހޭނީ ކްރައިފްގެ ފޯމިއުލާ. އެއީ އިދިކޮޅު ޓީމަށް ބޯޅަ ކުޅެން ނުދީ، ގޭމް ކޮންޓްރޯލް ކުރުން. މި މެޗަކީ ވަރަށް ހަމަހަމަވާނެ މެޗެއް. އަހަރުމެންގެ ޕްލޭނަކީ މީގެ ކުރިން ޓެސްޓް ކުރެވިފައިވާ ކާމިޔާބު ފޯމިއުލާއެއްޒަވީ
އޭނާ ބުނީ ފައިނަލަކަށް ނުކުންނައިރު ފެވަރިޓް ޓީމެއް ނެތް ކަމަށާއި ނަމަވެސް މި ވަގުތު ފޯމުގައި އޮތް ޓީމަކީ ރެއާލް މެޑްރިޑް ކަމަށެވެ. ނަމަވެސް މިދިޔަ ސީޒަނަށްވުރެ ބާސެލޯނާ މި ސީޒަނުގައި ރަނގަޅަށް ކުޅެމުންދާ ކަމަށެވެ.
ޕާފޯމަންސަށް ބަލާއިރު އަހަރުމެން މިދިޔަ ސީޒަނަށްވުރެ ނަތީޖާތަކުން ދަށް. އެކަމަކު ޓީމު ވަރަށް ރަނގަޅަށް މިދިޔަ ސީޒަނާ އަޅާ ބަލާއިރު އެބަކުޅޭ. އެއީ އަހަރެން އެންމެ ފާހަގަ ކުރާ ކަމަކީ. މިތައްޓަކީ އަހަރުމެން މި ސީޒަނުގައި ވާދަކުރަންޖެހޭ ހަތަރު ތަށި ކުރެ އެއްތަށި. މިހެންވެ މެޗަށް ނުކުންނާނީ މޮޅުވާންޒަވީ
ރެއާލް އާއި ބާސެލޯނާ މި ސީޒަނުގައި މިހާތަނަށް ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގުގައި ވެސް ކުރީގައި އުޅެނީ ރެއާލް މެޑްރިޑެވެ.