ކ. މާލެ
|
12 ޖެނުއަރީ 2024 | ހުކުރު 00:03
ރައްޔިތުންނާއެކު އެމްޑީޕީގެ ރައީސް، ރައީސް ޞާލިޙު
ރައްޔިތުންނާއެކު އެމްޑީޕީގެ ރައީސް، ރައީސް ޞާލިޙު
އެމްޑީޕީ
އެމްޑީޕީ
ފްލެޓް ލިބޭ ފަރާތްތަކަށް، ފްލެޓް ހަވާލުކުރުން ލަސްކުރުން އެމްޑީޕީއިން ކުށްވެރިކޮށްފި
ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން ރައްޔިތުންނަށް ވައުދުވެވަޑައިގަންނަވަމުންދާ ގޮތާ ޚިލާފަށް ރައީސް މުއިއްޒު ވާހަކަ ދައްކަވަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައިވޭ

މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ދޫކުރި 4،000 ފްލެޓް ލިބޭ ފަރާތްތަކަށް، ފްލެޓް ލިބުން ލަސްކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން އެމްޑީޕީން ފާޅުކޮށްފިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ގެދޮރުވެރިޔާ ފްލެޓްގެ މައްސަލަ ބަލަމުންނެވެ. އެއާއެކު، އެ މަޝްރޫއުގެ ދަށުން އާންމުންނަށް ލިބުނު ގޯތިތައް ސަރުކާރަށް ދެވިފައެއް ނުވެއެވެ.

އެގޮތުން މި ފަހުން އެ މައްސަލަ ހޫނުވީ، މި ބުރާސްފަތީގެ ކުރިން ހައުސިން މިނިސްޓްރީން ފްލެޓްތައް ދީ ނިންމާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެ، އެކަން އެފަދައިން ނުހިނގުމާ ގުޅިގެންނެވެ.

Advertisement

އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ މިއަދާ ހަމައަށްވެސް ފުލެޓް ހަވާލުކުރުމަށްޓަކައި އެއްވެސް މަސައްކަތެއް ސަރުކާރުން ނުކުރުމުގެ އިތުރުން، ފްލެޓްތައް ލިބޭ ފަރާތްތަކުން އެކަމުގައި ކަމާގުޅުންހުރި މުއައްސަސާތަކުގައި ތަކުރާރުކޮށް އެދެމުންދާއިރުވެސް އެފަރާތްތަކުގެ ޝަކުވާއަށް އިޖާބަދީފައި ނުވާތީ އެކަމުގެ ޝަކުވާ އެ ޕާޓީއަށް ހުށަހަޅަމުންދާ ކަމަށެވެ.

އަދި ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން ރައްޔިތުންނަށް ވައުދުވެވަޑައިގަންނަވަމުންދާ ގޮތާ ޚިލާފަށް ރައީސް ޑރ މުއިއްޒު ވާހަކަ ދައްކަވަމުންދާތީ އެއީ ކަންބޮޑުވާ ކަމެއް ކަމުގައި އެ ބަޔާނުގައި ބުންޏެވެ.

އެހެން ކަމުން ބިންވެރިޔާ އަދި ގެދޮރުވެރިޔާގެ ދަށުން ގޯއްޗާ ފްލެޓް ލިބިފައިވާ މީހުންނަށް، އެ މީހުންގެ ހައްގުތައް ހަވާލުކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ކުރުމަށް އެ ބަޔާނުގައި އެމްޑީޕީން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް