ކ. މާލެ
|
7 ޖެނުއަރީ 2024 | އާދީއްތަ 13:25
އަދުރޭ
އަދުރޭ
ޕީޕީއެމް
މަސްމާރުކޭޓު ހިންގުމުގައި ކޮރަޕްޝަން
އަދުރޭގެ އާއިލީ މަސްލަހަތު އޮތް ބަޔަކަށް ބިޑަކާނުލާ މަސް މާރުކޭޓް ހިންގަން ހަވާލުކުރި މައްސަލައެއް ބަލަނީ
މިމައްސަލަ ހުށަހަޅާފައި ވަނީ ފުރިހަމަ ކިތާބީ ހެތްކާއެކު އަމިއްލަ ފަރާތަކުން
އެފްޖޭ ޑިޒައިންސް ނަމަކަށް ކިޔާ ކުންފުންޏާއި ހަވާލުކޮށްފައިވަނީ މަހުގެ ކުލި 50،000 ރުފިޔާއަށް ކުޑަކޮށްފައި
އެކުންފުނީގެ ވެރިފަރާތަކީ އަދުރޭގެ އަންހެނުންގެ ކޮއްކޮ ލ. ފޮނަދޫ ޗާންދަނީގެ ފަތުހުއްﷲ ޖަމީލް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޚާއްސަ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާމަން، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ އާއިލީ މަސްލަހަތު އޮތް ބަޔަކަށް ބިޑަކާ ނުލައި މާލޭގެ މަސް މާރުކޭޓް ހިންގުމަށް ހަވާލުކުރި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަން ފަށައިފިއެވެ.

އިތުބާރުހުރި ފަރާތަކުން ރާއްޖެއެމްވީއަށް ބުނީ މި މައްސަލަ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު އޭސީސީން ބަލައިގަނެފައިވާ ކަމަށެވެ. މި މައްސަލަ ހުށަހަޅާފައި ވަނީ ފުރިހަމަ ކިތާބީ ހެތްކާއެކު އަމިއްލަ ފަރާތަކުންނެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އޭސީސީން ވަނީ ކަށަވަރުކޮށްދީފައެވެ.

މާލޭގެ މަސްމާރުކޭޓް ހިންގުމުގެ ޕްރޮޖެކްޓް އެފްޖޭ ޑިޒައިންސް ނަމަކަށް ކިޔާ ކުންފުންޏަކާ ފުރަތަމަ ހަވާލުކޮށްފައިވަނީ 21 އޮކްޓޯބަރު 2021 ގައި އެއް އަހަރަށެވެ. އެއީ މަހު ކުލި 130،000 ރުފިޔާއަށެވެ. އަދި އެ މުއްދަތު ހަމަވަމުން އިތުރަށް އިއުލާންކުރުމަކާއި ނުލައި، މަހު ކުލި 50،000 ރުފިޔާއަށް ކުޑަ ކުރުމަށްފަހު ވަނީ ހަވާލުކޮށްފައެވެ.

Advertisement

އެފްޖޭ ޑިޒައިންސް ނަމަކަށް ކިޔާ މި ކުންފުނި ރެޖިސްޓްރީކޮށްފައި ވަނީ އަދި އެކުންފުނީގެ ވެރިފަރާތަކީ އަދުރޭގެ އަންހެނުންގެ ކޮއްކޮ ލ. ފޮނަދޫ ޗާންދަނީގެ ފަތުހުއްﷲ ޖަމީލް އެވެ.

މި ކުންފުންޏާއި މާލޭގެ މަސް މާރުކޭޓު ހިންގުމަށް ހަވާލުކޮށްފައިވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މާލެސިޓީގެ މޭޔަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު މާލެސިޓީ ކައުންސިލްގެ ދަށުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް