ކ. މާލެ
|
2 ޖެނުއަރީ 2024 | އަންގާރަ 13:00
މި ހަފްތާއާއި، މި އަންނަ ހަފްތާގެ ތެރޭގައި ރަޖިސްޓްރީ ޙަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ކުރިއަށް ގެންދާނެ
މި ހަފްތާއާއި، މި އަންނަ ހަފްތާގެ ތެރޭގައި ރަޖިސްޓްރީ ޙަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ކުރިއަށް ގެންދާނެ
އަރބަންކޯ
ގޯތި އަދި ފްލެޓު ލިސްޓު
ގޯތި އަދި ފްލެޓު ލިބޭނެކަމަށް ފައިނަލް ލިސްޓުގައި ހިމެނި، ގެޒެޓު ކޮށްފައިވާ ފަރާތްތަކަށް މި ދެ ހަފްތާ ތެރޭގައި ރަޖިސްޓްރީ ޙަވާލުކުރަނީ
ރައީސް ވިދާޅުވީ، ގުޅީފަޅާއި ގިރާވަރު ފަޅުން އިތުރު ބިން ހިއްކުމަށްވެސް ތައްޔާރުވަމުންދާކަމަށް
މި ހަފްތާއާއި، މި އަންނަ ހަފްތާގެ ތެރޭގައި ރަޖިސްޓްރީ ޙަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ކުރިއަށް ގެންދާނެ
ގުޅީފަޅާއި ގިރާވަރު ފަޅުން އިތުރު ބިން ހިއްކުމަށްވެސް ތައްޔާރު ވަމުންދާކަމަށް ވިދާޅުވި

ގޯތި އަދި ފްލެޓު ލިބޭނެކަމަށް ފައިނަލް ލިސްޓުގައި ހިމެނި، ގެޒެޓު ކޮށްފައިވާ ފަރާތްތަކަށް މި ދެ ހަފްތާ ތެރޭގައި ރަޖިސްޓްރީ ޙަވާލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގޯތި އަދި ފްލެޓު ލިބޭނެކަމަށް ފައިނަލް ލިސްޓުގައި ހިމެނި، ގެޒެޓު ކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދިނުން ލަސްވެފައިވާތީ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

Advertisement

އެކަމާ ގުޅޭގޮތުން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގޯތި އަދި ފްލެޓު ލިސްޓު ލިބޭނެކަމަށް ފައިނަލް ލިސްޓުގައި ހިމެނި، ގެޒެޓު ކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދިނުމާއި، ގޯއްޗާއި ފްލެޓު ޙަވާލު ކުރުމަށް ވެވަޑައިގެންނެވި ވައުދުފުޅު އެގޮތަށް ކުރިއަށްދާނެކަމަށެވެ.

މުއިއްޒު ވިދާޅުވީ، މި ހަފްތާއާއި، މި އަންނަ ހަފްތާގެ ތެރޭގައި ރަޖިސްޓްރީ ޙަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ކުރިއަށް ގެންދާނެކަމަށެވެ.

އޭގެ އިތުރުން، ގޯތި ދީފައިވާ ބައެއް ތަންތަނަކީ އަދި ނުހިއްކާ ހުރި ތަންތަނަށްވާތީ އެ ތަންތަން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގުޅީފަޅާއި ގިރާވަރު ފަޅުން އިތުރު ބިން ހިއްކުމަށްވެސް ތައްޔާރުވަމުންދާކަމަށެވެ.

ރައީސް ސާލިހުގެ ސަރުކާރުގެ، ބިންވެރިޔާ ސްކީމުގެ ދަށުން ޝަރުތު ހަމަވި 19639 މީހުންނަށް ގޯތި ލިބެއެވެ. އެއީ 9000ށްވުރެ ގިނަ ބިމެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން 1351 ބިން، ގުޅިފަޅުން 2218 ބިން، އަދި ގިރާވަރު ފަޅުން 5432 ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޖުމްލަ 9001 ގޯއްޗެވެ.

މި ގޯތިތަކުގެ ތެރެއިން 1250 އަކަފޫޓާއި 1650 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯތިތައް ދިނުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެއާއި، ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ. އޭގެ އިތުރުން 2450 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރާނީ ހުޅުމާލެއާއި ގުޅީފަޅުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް