ކ. މާލެ
|
1 ޖެނުއަރީ 2024 | ހޯމަ 18:47
ޖަޕާނަށް ބިންހެލުމެއް އައުން
ޖަޕާނަށް ބިންހެލުމެއް އައުން
އަލްއަރަބިއްޔާ
ޖަޕާނަށް ބިންހެލުމެއް އައުން
ޖަޕާނަށް ބިންހެލުމެއް އައުން - ރާއްޖެ އަށް އަސަރެއް ނުކުރާނެ
ރާއްޖެ ސަރަހައްދުގައި މިފަދަ ބިންހެލުންތަކުގެ މައުލޫމާތު ދެނެގަންނަމުންދާ ކަމަށާއި އާއްމުން ކަންބޮޑުވާން ޖެހޭ ހާލަތެއް ނެތް ކަމަށް ވަނީ ބުނެފަ
އެ ބިންހެލުމުގެ އަސަރު ރާއްޖެ އަށް ނުކުރާނެ ކަމަށް މެޓް އޮފީހުން ބުނޭ
އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ބިންހެލުން އައިސްފައިވަނީ ޖަޕާނުގެ މެދުތެރެއަށް

ހޯމަ ދުވަހު ޖަޕާނަށް އައި ބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

ޖަޕާނަށް 7.6 ގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައިވާ އިރު މި ބިންހެލުން އައިސްފައިވަނީ ހޯމަ ދުވަހު އެތަނަށް މެންދުރުފަހުއެވެ. އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ބިންހެލުން އައިސްފައިވަނީ ޖަޕާނުގެ މެދުތެރެއަށެވެ. މިބިންހެލުމާ ގުޅިގެން އެގައުމުގައިވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ. އަދި ޖަޕާނުގެ އައްސޭރި ފަށުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ވަނީ ބަދަލުވެސް ކޮށްފައެވެ.

Advertisement

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ގާތްގަނޑަކަށް 5 މީޓަރުގެ ސުނާމީ އަރާނެކަމަށް ވަނީބެލިފައެވެ. އަދި ސުނާމީއާ ގުޅިގެން ބޮޑެތި ރާޅު އުފެދިދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެކަމާއި ގުޅިގެން މެޓް އޮފީހުން ބުނެފައި ވަނީ އެ ބިންހެލުމުގެ އަސަރު ރާއްޖެ އަށް ނުކުރާނެ ކަމަށެެވެ. އަދި ރާއްޖެ ސަރަހައްދުގައި މިފަދަ ބިންހެލުންތަކުގެ މައުލޫމާތު ދެނެގަންނަމުންދާ ކަމަށާއި އާއްމުން ކަންބޮޑުވާން ޖެހޭ ހާލަތެއް ނެތް ކަމަށް ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް