Advertisement
ކ. މާލެ
|
29 ޑިސެންބަރ 2023 | ހުކުރު 12:56
އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީއާއި އެފްޑީސީގެ އެއްބަސްވުން
އިސްލާމިކް މިނިސްޓްރީ އާއި އެފްޑީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
މިނިސްޓްރީން ހިންގާ ޕްރޮޖެކްޓްތަކަށް ޓެކްނިކަލް ކޮންސަލްޓެންސީ ދޭނެ
ޕްރޮޖެކްޓްތަކަށް ބޭނުންވާ ޕްރޮޕޯސަލް ތައްޔާރުކުރުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ
މިސްކިތްތަކާއި ވަޤުފް އިމާރާތްތަކާއި އެހެނިހެން އިންފްރާސްޓްރަކްޗަރ މަޝްރޫއުތައް ފަރުމާކޮށްދޭނެ

އިސްލާމިކް މިނިސްޓްރީއާއި ފަހިދިރިއުޅުން ކޯޕްރޭޝަން (އެފްޑީސީ) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. އަދި އެފްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕްރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ހަމްދާން ޝަކީލް އެވެ.

Advertisement

އިސްލާމިކް މިނިސްޓްރީން ބުނީ އިންފްރާސްޓްރަކްޗަރ މަޝްރޫއުތައް ފަރުމާ ކުރުމާއި، ޕްރޮޖެކްޓްތަކަށް ބޭނުންވާ ޕްރޮޕޯސަލް ތައްޔާރުކުރުމާއި، ޕްރޮޖެކްޓް މެނޭޖްމަންޓާއި ޓެކްނިކަލް ކޮންސަލްޓަންސީގެ ޚިދުމަތް ދިނުމާއި އިމާރާތްކުރުމުގެ އޮނިގަނޑެއް ގާއިމްކުރުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ. އަދި އެފްޑީސީން އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވާ ކަންތައްތަކަކީ މިނިސްޓްރީން ހިންގާ ޕްރޮޖެކްޓްތަކަށް ޓެކްނިކަލް ކޮންސަލްޓެންސީ ދިނުން، ޕްރޮޖެކްޓްތަކަށް ބޭނުންވާ ޕްރޮޕޯސަލް ތައްޔާރުކުރުމުގައި ފަންނީ އެހީތެރިކަންދިނުން، ޕްރޮޖެކްޓްތައް މެނޭޖްކުރުމަށް ކޮންސަލްޓެންސީ ދިނުން، މިސްކިތްތަކާއި ވަޤުފް އިމާރާތްތަކާއި އެހެނިހެން އިންފްރާސްޓްރަކްޗަރ މަޝްރޫއުތައް ފަރުމާކޮށްދިނުން، މިސްކިތްތަކާއި ވަގުފް އިމާރާތްތަކާއި އެހެނިހެން އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް އިމާރާތްކުރުން އަދި ގުޅުންހުރި ދާއިރާތަކުން މީހުން ބިނާކުރުމާއި އިތުރު ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކުރިއަށް އޮތްތަނުގައި ވެސް މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރުމާއި، މިސްކިތްތަކުގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އިތުރު ކުންފުނިތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރެވިގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް