ކ. މާލެ
|
26 ޑިސެންބަރ 2023 | އަންގާރަ 09:09
މަހަށް ނުކުމެ އުޅެނިކޮށް ހާލު ދެރަވި މީހާ ސިއްހީ މަރުކަޒަށް ގެންދަނީ
މަހަށް ނުކުމެ އުޅެނިކޮށް ހާލު ދެރަވި މީހާ ސިއްހީ މަރުކަޒަށް ގެންދަނީ
ސޯޝަލްމީޑިއާ
މަހަށް ނުކުމެ އުޅުނު ބިދޭސީ އެއް ނިޔާވުން
ގއ.ވިލިގިލިން، މަހަށް ނުކުމެ އުޅުނު ބިދޭސީއަކު ނިޔާވެއްޖެ
ފުލުހުން ބުނީ މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަަލަމުންދާ ކަމަށް
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 35 އަހަރުގެ ބަންގްލަދޭޝަށް ނިސްބަތްވާ ފިރިހެނެއް
ހެލްތް ސެންޓަރަށް އެ މީހާ ގެންދިޔަ އިރު ވެސް އޮތީ ނިޔާވެފައިވަ

ގއ.ވިލިގިލީގައި މަހަށް ނުކުމެ އުޅުނު ބިދޭސީއަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ގއ.ވިލިގިލިން މަހަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި މީހަކު ހާލު ދެރަވެގެން ދާންދޫ ހެލްތް ސެންޓަރަށް ގެންދިޔަކަން އެ އިދާރާ އަށް ރިޕޯޓްކޮށްފައި ވަނީ ހޯމަ ދުވަހުގެ ރޭގެ 12:25 ހާއިރުކަމަށެވެ.

އަދި ހެލްތް ސެންޓަރަށް އެ މީހާ ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ހެލްތް ސެންޓަރާއި ހަވާލާދީ ފުލުހުން މައުލޫމާތު ދީފައިވެއެވެ.

Advertisement

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 35 އަހަރުގެ ބަންގްލަދޭޝަށް ނިސްބަތްވާ ފިރިހެނެކެވެ.

ފުލުހުން ބުނީ މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަަލަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް