މީހުން ދިރިއުޅޭ ރަށެއްގައި ކްރިސްމަސް ފާހަގަކުރާނަމަ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އައު އަހަރާ ގުޅިގެން ކްރިސްޓިއަން ދީނުގައި ފާހަގަކުރަމުންދާ ދުވަހެއް ކަމަށްވާ ކްރިސްމަސް ފާހަގަކުރުމުގެ އެއްވެސް ހަރަކާތެއް، މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ކުރިއަށް ނުގެންދިއުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި މިއީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުން މަނާކުރާ ކަމެއް ކަމުގައި ބުނެފައިވެއެވެ.
ފުލުހުން ބުނީ ކްރިމަސް ފާހަގަކުރުމުގެ ގޮތުން ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި އެއްވެސް ހަރަކާތެއް ނުހިންގުމަށާއި، މިފަދަ ހަރަކާތްތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ އިމުގެތެރެއިން ފިޔަވަޅު އަޅާނެ ކަމަށެވެ.
 
                             
                        
                
    
 
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
