ކ. މާލެ
|
24 ޑިސެންބަރ 2023 | އާދީއްތަ 07:22
ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ރައީސް އޮފީސް
މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅުން
ސަރުކާރާއި ދެކޮޅު ސައިޓްތައް ބްލޮކްކޮށް މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް ސަރުކާރުން އަމަލުކުރާ މައްސަލަ މަޖިލީހުން ބެލުމާއި މެދު މަޝްވަރާކޮށްފި
"ކުރުސީ.ކޮމް" އަދި "ދިޔަވަރު.ކޮމް" ބްލޮކް ކުރުމާ ގުޅިގެން އާންމުންނާ ކުރީގެ ސަރުކާރުތަކުގެ މަތީ ފަޑީގައި ތިއްބެވި ބޭފުޅުންގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވި

މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް ސަރުކާރުން އަމަލުކުރާ މައްސަލަ މަޖިލީހުން ބެލުމާއި މެދު މަޝްވަރާކޮށްފިއެވެ.

އެ މަޝްވަރާތައް ކޮށްފައި ވަނީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ސަރުކާރު ޖަވާބުދާރީކުރުވުން އިތުރަށް ހަރުދަނާކުރުމާއި މެދު މަޝްވަރާކުރައްވާފައިވެއެވެ. މީގެ އިތުރުން މި މަހުގެ 31ގެ ކުރިން އިތުރު ޖަލްސާތައް ބޭއްވުމާއި މެދު ވަނީ މަޝްވަރާކޮށްފައެވެ. ޚަބަރުފެތުރުމުގައި ހަރަކާތްތެރިވާ ތިން ނޫހެއް ބްލޮކް ކުރުމާ ގުޅިގެން ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައެވެ.

ސަރުކާރާއި ދެކޮޅު ސައިޓްތައް ސަރުކާރުން ބްލޮކްކުރަން ފެށީ އެއްވެސް އިންޒާރެއް ދިނުމަކާއި ނުލައެވެ. އަދި ރަޖިސްޓްރީކޮށްފައިވާ ނޫސްތައް ބްލޮކް ނުކުރާކަމަށް ބުނެ ސަރުކާރުން ވަނީ ދޮގުހަދާފައެވެ. އެގޮތުން ސަރުކާރުން ބްލޮކްކުރި ފުރަތަމަ ނޫހަކީ، ސަރުކާރު ޖަވާބުދާރީކުރުވުމަށް ސަރުކާރުގެ ވާހަކަތައް ގެނެސްދޭ ނޫހެކެވެ. އެ ނޫހަކީ ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫހެކެވެ. ޕްރެޝަރ ބޮޑުވެ ފަހުން ސަރުކާރުން ވަނީ އެ ނޫސް އަންބްލޮކްކޮށްފައެވެ. ނަމަވެސް ޒިންމާ ނެގުމުގެ ބަދަލުގައި ސަރުކާރުން ވަނީ އެކަން ދިފާއުކުރަން ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ.

Advertisement

މިކަމާއި ގުޅިގެން ސަރުކާރަށް ފާޑުކިޔުމުގެ މިނިވަންކަން ތަންމިނަށް އޮންނަން ޖެހޭ ކަމަށާއި، އެކަން ބަންދުކުރަން މަސައްކަތް ކުރާނީ ޚުދުމުހްތާރު ސިފަތަކެއް ލިބިފައިވާ ސަރުކާރެއް ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ ބުނެފައެވެ. އަދި ޖަމިއްުޔާ ޖަމާއަތްތަކުން ވެސް ވަނީ ސަރުކާރުގެ މި އަމަލަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ރާއްޖޭގައި ޚަބަރު ފެތުރުމުގައި ހަރަކާތްތެރިވާ "ކުރުސީ.ކޮމް" އަދި "ދިޔަވަރު.ކޮމް" ބްލޮކް ކުރުމާ ގުޅިގެން އާންމުންނާ ކުރީގެ ސަރުކާރުތަކުގެ މަތީ ފަޑީގައި ތިއްބެވި ބޭފުޅުންގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް