Advertisement
ކ. މާލެ
|
23 ޑިސެންބަރ 2023 | ހޮނިހިރު 17:09
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ
ދައުރު
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ
އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމުގެ މުއްދަތު އިތުރުކޮށްފި
މަޖިލީހަށް ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ މުއްދަތު އިތުރުކޮށްފައިވަނީ 30 ޑިސެމްބަރު 2023 ވާ ހޮނިހިރު ދުވަހުގެ ހަވީރު 04:00 އަށް

2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ޝައުގުވެރިވާ އެމްޑީޕީގެ މެމްބަރުންނަށް، ޝައުގުވެރިކަން ފާޅުކުރުމުގެ މުއްދަތު އިތުުރުކޮށްފިއެވެ.

މަޖިލީހަށް ވާދަކުރުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލީ މިމަހުގެ 16 ގައެވެ. އެ މުއްދަތު ހަމަވާގޮތަށް އެމްޑީޕީން އޭރު ކަނޑައެޅީ މި މަހުގެ 25 ވާ ހޯމަ ދުވަހުގެ ހަވީރު 04:00 އާއި ހަމައަށެވެ.

އެމްޑީޕީން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެ މުއްދަތު މިމަހުގެ 30 ވާ ހޮނިހިރު ދުވަހުގެ ހަވީރު 04:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެމްޑީޕީގެ ފަރާތުން ޕްރައިމެރީގައި ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރުމަށް ފުރުސަތު ހުޅުވާލި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ، ޖެނުއަރީ 26 އަދި 27 ގައި ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކުގެ ޕްރައިމަރީ ބާއްވަވާނެކަމަށެވެ.

Advertisement

އެގޮތުން ޕްރައިމަރީގައި ވާދަކުރެވޭނީ މުއްދަތުގެ ތެރޭގައި ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެދުވަހު އެމްޑީޕީން ވަނީ އެމްޑީޕީ ޓިކެޓުގައި ވާދަކުރަން ޝައުޤުވެރިވާ މީހުންގެ ޝަރުތުތައްވެސް އާންމުކޮށްފައެވެ. އޭގެ ތެރޭގައި އެމް.ޑީ.ޕީގެ މެމްބަރެއް ކަމުގައިވުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުޠުތައް ހަމަވާ މީހެއްކަމުގައިވުން ހިމެނެއެވެ.

އެމްޑީޕީން ވަނީ ވާދަކުރުމަށް އެދޭ ފަރާތްތަކުން މިފަހަރުފޯމާއެކުކުށާއިދަރަނީގެރެކޯޑުތައްވެސް ހުށައެޅުމަށް އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް