ކ. މާލެ
|
21 ޑިސެންބަރ 2023 | ބުރާސްފަތި 13:57
ވިލިމާލެ
ވިލިމާލެ
ސަން އޮންލައިން
ފުލުހުން
ވިލިމާލޭގައި ގެނބުނު އަންހެނަކު ސަލާމަތްކުރި ފުލުހެއްގެ ހާލު ގޯސްވި ނަމަވެސް، އަންހެން މީހާ ސަލަމާތްކުރި
ގެނބިފައިވަނީ 32 އަހަރުގެ އަންހެނަކު، އެ މީހާ ސަލަމާތްކުރުމުގެ ތެރޭގައި ފުލުހުގެ ޙާލު ދެރަވި ނަމަވެސް ދެ މީހުންގެ ޙާލު މިހާރު ރަނގަޅު

ވިލިމާލޭގެ ބާބަކިއު ސަރަހައްދާ ދިމާލު މޫދުގައި ގެނބުނު އަންހެނަކު ސަލާމަތްކުރުމުގެ ތެރޭގައި ލޮނުބޮވި، ޙާލު ދެރަވި ފުލުހަކަށް ވިލިމާލެ ހޮސްޕިޓަލުގައި ފަރުވާދީފި އެވެ.

ފުލުހުން ދިން މައުލޫމާތުން އެނގޭ ގޮތުން، މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭ، ދަންވަރު 12:30 ހާއިރު އެވެ. އެގޮތުން ވިލިމާލެ އެ ސަރަހައްދުން 32 އަހަރުގެ އަންހެނަކު ގެނބޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތާ ގުޅިގެން، ފުލުހުން އެ ސަރަހައްދަށް ގޮސް އެ މީހާ ސަލަމާތްކޮށް ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ.

Advertisement

އަދި ވިލިމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު، އެ މީހާ އައިޗީއެމް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ޙާލު ރަނގަޅުވުމުގެ ސަބަބުން އޭނާ ވަނީ ޢާއިލާއާ ޙަވާލުކޮށްފަ އެވެ.

އެ މީހާ ސަލާމަތްކުރުމުގެ ތެރޭގައި އަނިޔާވި ފުލުސް އޮފިސަރަށް ވެސް، ލޮނު ބޮވި ޙާލު ދެރަވުމުގެ ސަބަބުން ވިލިމާލެ ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް