ކ. މާލެ
|
20 ޑިސެންބަރ 2023 | ބުދަ 23:55
ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން
ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން
މަރުގެ ޙުކުމް ތަންފީޒުކުރަން ނިންމުން
ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރަން ނިންމާފައިވާކަން ހާމަކޮށްފި
ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒު ކޮށްފައި ވަނީ، 953 ވަނަ އަހަރެ
މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން ބަލަން ޖެހޭކަންކަން ބަލާނެ ކަމަށް މިނިސްޓަރ ވިދާޅުވި
މަރުގެ އަދަބު ތަންފީޒުކުރާނީ ޤާނޫނާއި އެއްގޮތަށްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައި

މި ސަރުކާރުން ވަނީ މަރުގެ އަދަބު ތަންފީޒުކުރަން ނިންމާފައިކަމަށާއި، އެކަމަށްޓަކާ ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

Advertisement

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ސަރުކާރުން މަރުގެ އަދަބު ތަންފީޒްކުރުމާއި މެދު ދެކެނީ ކޮން ގޮތަކަށްތޯ ނޫސްވެރިއަކު ވަނީ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ އިހުސާން ވިދާޅުވީ އެކަމާއި ގުޅިގެން ބަލަންޖެހޭ ގިނަ ކަންތައްތަކެއް އަދިވެސް އެބަހުރި ކަަމަށެވެ. އެހެންނަމަވެސް މަރުގެ އަދަބު ތަންފީޒްކުރުމުގެ ކަންކަން ސަރުކާރުން ކުރައްވާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އިހުސާން އިތުރަށް ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރުމުގެ ކަންކަން ކުރާނީ ޤާނޫނާއި ޤަވާއިދުގެ ތެރެއިންކަމަށެވެ.

ދިވެހި ސަރުކާރަކީ، މިހާރުގެ ސަރުކާރަކީ ހަމަ މަރުގެ އަދަބު ތަންފީޒްކުރަން އަޅުގަނޑުމެންވެސް ނިންމާފައި އޮތް ސަރުކާރެއް. އަޅުގަނޑުމެން އެކަމާއި ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ބަލާފައި ޤާނޫނާއި ޤަވާއިދާއި އިމުގެ ތެރޭގައި އެކަން އަޅުގަނޑުމެން ކުރާނީ
މިނިސްޓަރ އިހުސާން

އިހުސާން އެހެން ވިދާޅުވި ނަމަވެސް މަރުގެ އަދަބު ތަންފީޒްކުރަން ފަށާނެ ތާރީހެއް އަދި އެކަން ކުރާނެ ގޮތުގެ މާބޮޑު ތަފްސީލެއް ނުދެއްވައެވެ. އިހުސާން އެހެން ވިދާޅުވެފައިވާތީ ރާއްޖޭގެ އިސް މަޤާމުތައް ފުރުއްވި ބައެއް ބޭފުޅުން ވަނީ މަރުގެ ޙުކުމް ތަންފީޒްކުރަން ވާނީ ވަރަށް ގިނަ ކަންކަން ބެލުމަށް ފަހުގައި ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ޤައުމީ ބޮޑު މަޝްރޫޢު އެއް ކަަމަށް ދައްކާތީ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެންމެ ފަހުން ރާއްޖޭގައި މަރުގެ އަދަބެއް ތަންފީޒު ކޮށްފައި ވަނީ، 953 ވަނަ އަހަރެވެ. އެއީ ސުމުއްވުލް އަމީރު މުޙައްމަދު އަމީންގެ ވެރިކަމުގައެވެ. ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރުގެ އަދަބު ތަންފީޒުކުރަން ގަވާއިދެއް އެކުލަވާލިއެވެ. އަދި ދަންޖައްސައިގެން ނުވަތަ ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދޭން ނިންމިނަމަވެސް އެކަން ތަންފީޒްކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް
21 ޑިސެންބަރ 2023 | ބުރާސްފަތި 08:29
ޙަމް
ނުކެރޭނެ މަރުގެ އަދަބު ތަންފީޒު ކުރާކަށް ، މިހެން ކިޔަކިޔާ ދައުރު ނިމެންދެން ހިފަހައްޓާފަ ރިޔާސީ އިންތިހާބާ ކައިރިކޮށްފަ ބުނާނީ މިހާރު ހުރިހާ ކަމެއް ރެޑީއޭ، މިއަންނަ ދައުރު ހޮވައިދޭށޭ އޭރުން މަރުގެ ޙުކުމް ތަންފީޒް ކުރާނަމޭ، ދިވެހި ރައްޔިތުން ނިކަން ބަލަން ތިބެ މިނޫން ގޮތަކަށް މިކަން ވޭތޯ! މަރުގެ ޙުކުމް ތަންފީޒް ކުރެވޭނެ ހިތްވަރު ހުރި ހަމައެކަނި މީހަަކީ ޢުމަރު އެކަނި.