ކ. މާލެ
|
18 ޑިސެންބަރ 2023 | ހޯމަ 19:16
މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އާދަމް އާޒިމް
މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އާދަމް އާޒިމް
ރާއްޖެއެމްވީ
ސަންގު ޓީވީ ބަހުސް
ސަންގު ޓީވީ ބަހުސްގައި އާޒިމް ބައިވެރިވެވަޑައިނުގަންނަވާނެ
ބަހުސް މިނިވަން ކަމާއެކު ކުރިއަށް ގެންދިއުމަށް މިނިވަން މޮޑަރޭޓްކުރަން ބަހައްޓައިދިނުމަށް އެދިފައިވުމާއެކުވެސް އެކަމަށް އެއްވެސް އިޖާބައެއް ނުލިބޭ
ދެމިގެންދާ ބަހުސެއްގައި މޭޔަރު ކެންޑިޑޭޓް ތާށިވުމަކީ ކެމްޕެއިންގައި ދެންކުރަން ހުންނަ ކަންތައްތަކަށް އަސަރުކުރާނެކަމެއް

ސަންގު ޓީވީން އިންތިޒާމުކޮށްގެން ބާއްވާ މާލޭ މޭޔަރު ކެންޑިޑޭޓުންގެ ބަހުސްގައި އެމްޑީޕީގެ މޭޔަރު ކެންޑިޑޭޓް އާދަމް އާޒިމް ބައިވެރިވެވަޑައިނުގަންނަވާނެކަން ހާމަކުރައްވައިފިއެވެ.

އެމްޑީޕީން ކުރި ޓްވީޓެއްގައި ބުނީ އާޒިމް ބަހުސްގައި ބައިވެރިވެވަޑައިނުގަންނަވާނެކަން ސަންގުޓީވީއަށް އަންގާފައިވާކަމަށެވެ. ސަބަބަކީ ސަންގުޓީވީ ބަހުސް މިނިވަން ކަމާއެކު ކުރިއަށް ގެންދިއުމަށް މިނިވަން މޮޑަރޭޓްކުރަން ބަހައްޓައިދިނުމަށް އެދިފައިވުމާއެކު ވެސް އެކަމަށް އެއްވެސް އިޖާބައެއް ނުލިބުމެވެ. އަދި އިންތިޚާބު އޮންނަ ދުވަސް މިހާ ކުޑަތަންވެފައިވަނިކޮށް ހަތަރު ދުވަހަށް ދިގުދެމިގެންދާ ބަހުސެއްގައި މޭޔަރު ކެންޑިޑޭޓް ތާށިވުމަކީ ކެމްޕެއިންގައި ދެންކުރަން ހުންނަ ކަންތައްތަކަށް އަސަރުކުރާނެކަމަކަށްވާތީ ކަމަށެވެ.

Advertisement

އެމްޑީޕީން ބުނީ 6 ޖެނުއަރީގައި ޕީއެސްއެމް އިން އިންތިޒާމުކޮށްގެން ބާއްވާ ބަހުސްގައި އާޒިމް ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ.

ސަންގު ޓީވީން ބާއްވާ ބަހުސް ފެށުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުގެރެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް