ކ. މާލެ
|
28 ޖުލައި 2017 | ހުކުރު 13:34
އެމްއެންޑީއެފްގެ ޝަރަފުގެ ހިނގާލުން
އެމްއެންޑީއެފްގެ ޝަރަފުގެ ހިނގާލުން
އެމްއެންޑީއެފް
މިނިވަން ދުވަސް
ވިސާރަވުމުގެ ސަބަބުން މިއަދު ބޭއްވުމަށް ހަމަޖެއްސި ޝަރަފުގެ ހިނގާލުން ކެންސަލް ކޮށްފި
ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:30

52 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފް އިން ބޭއްވުމަށް ހަމަޖެހިފައިވާ ސިފައިންގެ ޝަރަފުގެ ހިނގާލުން ހުޅުމާލޭގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

 

ޝަރަފުގެ ހިނގާލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 28 ވާ ހުކުރު ދުވަހު އެވެ. މި ޝަރަފުގެ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:30 ގައެވެ.

 

ޝަރަފުގެ ހިނގާލުން ކުރިއަށް ދާނީ ފިތުރޯނުމަގު އެމްޕީއެލް ސަރަހައްދުން، އަސުރުމާ ހިނގުމުން، ނިރޮޅުމަގުން، ފިނިފެންމާ ހިނގުމުން، ފިތުރޯނުމަގު އެމްޕީއެލް ސަރަހައްދަށެވެ.

 

މި ޝަރަފުގެ ހިނގާލުމުގައި ތިން ސަރަހައްދެއްގައި ލަޝްކަރު ހުއްޓުމަށް ވަނީ ހަމަޖެހިފައިވާ ކަމަށާއޮ މިގޮތުން ފުރަތަމަ ހުއްޓޭނީ އަސުރުމާ ހިނގުމާއި ބޯގަންވިލާމަގު ގުޅޭ ކަންމަތީގައެވެ.

 

ދެވަނައަށް ހުއްޓޭނީ ނިރޮޅުމަގާއި ފިނިފެންމާހިނގުން ގުޅޭ ހިސާބުގައެވެ. އަދި ތިންވަނައަށް ހުއްޓޭނީ ފިނިފެންމާހިނގުން، ހުޅުމާލޭ ސެންޓްރަލް ޕާރކް ސަރަހައްދުގައެވެ. ކޮންމެ ހުއްޓުމެއްގައިވެސް ސިފައިންގެ ބޭންޑްގައި ރާގުތައް ކުޅުމަށްވަނީ ހަމަޖެހިފައެވެ.

 

 

މިނިވަން ދުވަސް ފާހަގަކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވާ ހެވި ކަމާއި ކުޅިވަރުގެ ތެރެއިން ޝަރަފްގެ ހިނގާލުން ކުރިއަށްގެންދެއެވެ.

- ކޮމެންޓް