ކ. މާލެ
|
17 ޑިސެންބަރ 2023 | އާދީއްތަ 07:43
ކުވައިތުގެ އަމީރު އައްޝައިހް ނަވާފް އަލްއަހުމަދު އަލްޖާބިރު އައްސަބާހު
ކުވައިތުގެ އަމީރު އައްޝައިހް ނަވާފް އަލްއަހުމަދު އަލްޖާބިރު އައްސަބާހު
އޭޕީ
ކުވައިތުގެ އަމީރު އަވަހާރަވުން
ކުވައިތު އަމީރުގެ މައްޗަށް ރާއްޖޭގައި ކަށުނަމާދު ކުރަން ނިންމައިފި
ކަށުނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި
ވީހާވެސް ގިނަ ބަޔަކު ކަށުނަމާދުގައި ބައިވެރިވުމަށް އިސްލާމިކް މިނިސްޓްރީން އެދޭ

ކުވައިތުގެ އަމީރު އައްޝައިހް ނަވާފް އަލްއަހުމަދު އަލްޖާބިރު އައްސަބާހު އަވަހާރަވުމާ ގުޅިގެން އެ މަނިކުފާނުގެ މައްޗަށް ރާއްޖޭގައި ކަށުނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ރޭ އެކްސްގައި ކުރި ޕޯސްޓެއްގައެވެ. އެގޮތުން، ކުވައިތުގެ އަމީރުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ކަށުނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެ މިނިސްޓްރީން އެދެއެވެ.

Advertisement

ކުވައިތުގެ އަމީރު އަވަހަރާވީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. އެމަނިކުފާނު އަވަހާރަވިއިރު އުމުރުފުޅަކީ 86 އަހަރެވެ.

އައްޝައިޚް ނަވާފް އަވަހާރަވިއިރު، މިދިޔަ ނޮވެމްބަރުން ފެށިގެން އެމަނިކުފާނު ގެންދެވީ ހޮސްޕިޓަލުގައި އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުންނެވެ. އެ އާލާސްކަންފުޅާ ގުޅޭ އިތުރު ތަފްސީލެއް އެގައުމުގެ ސަރުކާރުން ހާމަނުކުރެއެވެ.

އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން ރަސްމީކޮށް ހިތާމަފާޅުކުރުމަށް، މިއަދުން ފެށިގެން ތިން ދުވަހުގެ ނިޔަލަށް ރާއްޖޭގެ ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް