ކ. މާލެ
|
17 ޑިސެންބަރ 2023 | އާދީއްތަ 07:11
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
ކުޑަކުދިންނަށް ދިމާވާ މައްސަލަތައް
ބުލީކުރުމަކީ ސީރިއަސްކަމެއްގެ ގޮތުގައި ދެކި އެގޮތަށް ދިމާވާ ސަބަބު ދެނެގަތުމަށް މަސައްކަތްކުރުމަށް ފަސްޓް ލޭޑީ އިލްތިމާސްކުރައްވައިފި
އެ ހަވީރުގައި ފަލަސްތީނުގައި ކުޑަކުދިންނަށް ދިމާވެފައިވާ ދަތި އުނދަގޫތަކާއި އަނިޔާތަކާއި ގުޅިގެން އެކަމުގެ ހިތާމައިގައި 1 މިނެޓްގެ ސުކޫތެއް ގެނެސްފައިވޭ
ކުޑަކުދިންގެ ހަވީރު ބޭއްވީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން

ބުލީކުރުމަކީ ސީރިއަސްކަމެއްގެ ގޮތުގައި ދެކި އެގޮތަށް ދިމާވާ ސަބަބު ދެނެގަތުމަށް މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.

އެކަމަނާ އެފަދައިން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން މިއަހަރުގެ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް އއ. އަތޮޅުގައި ބޭއްވި ސިލްސިލާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ ހަވީރު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement

ދާދިފަހުން ބުލީކުރުމުގެ ސީރިއަސް މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. ސާޖިދާ ވިދާޅުވީ ކުޑަކުދިންނަށް ކުރިމަތިވާ އެކި މައްސަލަތަކުގެ ތެރެއިން ބުލީކުރުމުގެ މައްސަލައަކީ މުދައްރިސުންނާއި ބެލެނިވެރިން އަދި ކަމާގުޅޭ ހުރިހާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއްދޭންޖެހޭ ކަމެއް ކަމަށެވެ. މީގެއިތުރުން ކުދިން ބުލީގެ ޝިކާރައަކަށް ވުމުން ދުރުހެލިކޮށް ކުދިންނަށް ހިމާޔަތްކަންދިނުމުގައި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. އަދި އެ ކުދިންގެ ޒިންމާ ނަގާ ފަރާތްތަކުން ކުދިންނާއި ގާތްގުޅުމެއް ބާއްވައިގެން މަސައްކަތްކޮށްދިނުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ. ކުޑަކުދިންގެ ޒިންމާ އުފުލަން ޖެހޭ ކޮންމެ މީހަކީ އެކުދިންނަށް ދިމާވާ އެކި ކަންކަން ހިއްސާކުރެވޭ ފަދަ މީހަކަށްވާންޖެހޭ ކަމަށް ވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

ކުޑަކުދިންގެ ހަވީރު ހުޅުވުމުގެ ރަސްމިއްޔާތުގައި، ފަލަސްތީނުގައި ކުޑަކުދިންނަށް ދިމާވެފައިވާ ދަތި އުނދަގޫތަކާއި އަނިޔާތަކާއި ގުޅިގެން އެކަމުގެ ހިތާމައިގައި 1 މިނެޓުގެ ސުކޫތެއް ގެނެސްފައިވެއެވެ. ކުޑަކުދިންގެ ހަވީރުގައި އުކުޅަހުގެ ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވާއިރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ސްޓޯލްތައް ބައްލަވައިލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް