ކ. މާލެ
|
16 ޑިސެންބަރ 2023 | ހޮނިހިރު 21:29
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
ރައީސް އޮފީސް
ހުރަވީ ދުވަސް
ދޮން ބަންޑާރައިންގެ ޖިހާދުން ޢިބުރަތް ލިބިގަތުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް ވާޖިބެއް: ރައީސް ޞާލިޙް
ރައީސް ޞާލިހް އެފަދައިން ވިދާޅުވީ ހުރަވީ ދުވަހުގެ ތަހުނިޔާއާ މުބާރިކްބާދީ އެންމެހާ ދިވެހި ރައްޔިތުންނަށް ފޮނުއްވަމުންނެވެ

ދޮން ބަންޑާރައިން ކޮށްދެއްވި މަތިވެރި މަސައްކަތުގެ ޒިކުރާ އައުކޮށް، އެ މަސައްކަތުން އިބުރަތް ހާސިލްކުރުމަކީ ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައި އޮތް މަތިވެރި ވާޖިބެއް ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިޙް ސޯޝަލް މީޑިޔާއަށް ދޫކުރެއްވި މެސެޖެއްގައި ވިދާޅުވީ ހުރަވީ ދުވަހުގެ ތަހުނިޔާއާ މުބާރިކްބާދީ އެންމެހާ ދިވެހި ރައްޔިތުންނަށް އަރިސްކުރާ ކަމަށެވެ.

އަދި ގައުމާއި ރައްޔިތުންގެ ޙައްޤުގައި ދޮން ބަނޑާރައިން ކޮށްދެއްވި މަތިވެރި މަސައްކަތުގެ ޒިކުރާ އައުކޮށް އެކަމުން އިބުރަތް ލިބިގަތުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ.

Advertisement

ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަސް ހުރަވީ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރާއިރު، ހުރަވީ ދުވަހަކީ ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި ދުވަހެވެ.

އެގޮތުން ހުރަވީ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަނީ، ދިވެހި ޤައުމުގެ އެންމެހައި މުވާޠިނުން ޤައުމީ އަބްޠާލުންގެ ޒިކުރާ އަމަލީގޮތުން ދިރުވުމުގެ ހިތްވަރު ލިބިގަތުމަށާއި، އެއަބްޠާލުން ގެނެސްދެއްވި މިނިވަންކަމާއި، ޤައުމިއްޔަތު ދެމެހެއްޓުމުގެ ޢަޒުމާއި ޖޯޝް ދިވެހި ހިތްތަކުގައި ދިރުވައި ދެމެހެއްޓުމުގެ ގޮތުންނެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރަވީ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރެވުނީ ހިޖުރައިން 1400 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 (18 އޭޕްރީލް 1980) ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް