ކ. މާލެ
|
16 ޑިސެންބަރ 2023 | ހޮނިހިރު 13:17
ހޮނިހިރު ދުވަހު އިންތިޚާބީ މަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން
ހޮނިހިރު ދުވަހު އިންތިޚާބީ މަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން
ޓްވީޓަރ
މާލޭ ސިޓީ މޭޔަރުގެ އިންތިޚާބު
މާލޭސިޓީ މޭޔަރު އަދި ކައުންސިލްގެ މެންބަރު ކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި
މާލެސިޓީ ކައުންސިލުން ހުސްވެފައިވާ 3 ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ވެސް އިއުލާކޮށްފައިވޭ
ބައި-އިލެކްޝަން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައި

މާލޭސިޓީ މޭޔަރު އަދި ކައުންސިލްގެ މެންބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ގުރުއަތު ނަގައިފިއެވެ.

ހޮނިހިރު ދުވަހު އިންތިޚާބީ މަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވަނީ ގުރުއަތު ނަގާފައެވެ.

މާލެސިޓީ ކައުންސިލްގެ މޭޔަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރެވިފައިވާ ގޮތަށް ބަލާއިރު، ކެންޑިޑޭޓް ނަމްބަރު 1: އަމިއްލަ ގޮތުން ވާދަކުރައްވާ ޝުއައިބް އަލީ، ކެންޑިޑޭޓް ނަމްބަރު 2: އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ޕޮލިސް ކޮމިޝަނަރ ހުސައިން ވަހީދު، ކެންޑިޑޭޓް ނަމްބަރު 3: ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ އެޓާނީ ޖެނެރަލް އާޒިމާ ޝަކޫރު އަދި ކެންޑިޑޭޓް ނަމްބަރު 4: އެމްޑީޕީގެ ޓިކެޓުގައިވާދަކުރައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް، އަދި ކެންޑިޑޭޓް ނަމްބަރު 5: ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރައްވާ ސައިފް ފާތިހް އެވެ.

މީގެ އިތުރުން މާލެސިޓީ ކައުންސިލުން ހުސްވެފައިވާ 3 ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ވެސް އިއުލާންކޮށް، ކެންޑިޑޭޓުންގެ ނަންބަރުތައް ކަނޑައަޅާފައެވެ.

Advertisement

މާލެ ސިޓީ ކައުންސިލުން ގޮނޑި ހުސްވެފައިވާ 3 ދާއިރާއަކީ ހެންވޭރު ދެކުނާއި، މާފަންނު ދެކުނުގެ އިތުރުން މެދު ހެންވޭރެވެ.

މާލެ ސިޓީ މޭޔަރު ކަމަށާއި، މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ 3 ގޮނޑިއަށް ކުރިމަތިލުމަށް ހުޅުވާލީ 28 ނޮވެންބަރު 2023 އިން 13 ޑިސެންބަރު 2023 އަށެވެ.

މާލޭ ސިޓީގެ ހުސްވެފައިވާ މޭޔަރުގެ މަގާމާއި، މެންބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރާނީ ޖެނުއަރީ މަހުގެ 15 ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް