ކ. މާލެ
|
15 ޑިސެންބަރ 2023 | ހުކުރު 12:32
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ރާއްޖެއެމްވީ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
އިންތިޚާބަކާ ނުލައި 12 ރަށެއްގެ އަންހެނުންގެ ކޮމިޓީއަށް މެންބަރުން ކަށަވަރުވެއްޖެ
ވ. ތިނަދޫއަށް 5 މެންބަރުން އިންތިޚާބުކުރާނެ
ދެން ބައި-އިލެކްޝަން އޮންނާނީ މ. މުލަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކުގެ ތެރެއިން 12 ރަށެއްގެ ގޮނޑި އިންތިޚާބަކާ ނުލައި ކަށަވަރުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އެ ކޮމިޝަނުން ބުނީ އެ 12 ރަށުގައި ބައި އިލެކްޝަން ނުބާއްވަނީ އެ ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ބައި-އިލެކްޝަންގައި އެންމެ ފަރާތަކުން ކުރިމަތިލާފައިވާތީ ކަމަށެވެ. އެހެންކަމުން ދެން ބައި-އިލެކްޝަން އޮންނާނީ މ. މުލަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށެވެ.

Advertisement

މި މަޤާމަށްކުރިމަތިލީ 2 މީހުންނެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނަށް ހުޅުވާލީ 18 ރަށެއްގެއެވެ. އޭގެ ތެރެއިން 6 ރަށެއްގެ އަންހެނުންގެ ތަރައްޤީގެ ކޮމިޓީ އަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައެއް ނުވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އއ. ތޮއްޑޫ، ވ. ތިނަދޫގެ ރ. ރަސްގަތީމު، ބ. ކެންދޫ، މ. ރަތްމަންދޫ އަދި ފ. ބިލެތްދޫއެވެ. އޭގެ ތެރެއިން ވ. ތިނަދޫއަށް 5 މެންބަރުން އިންތިޚާބުކުރާނެއެވެ. އަދި ބާކީ ކޮންމެ ރަށަކަށް އިންތިޚާބު ކުރާނީ 1 މެންބަރެވެ. އެ ރަށްރަށުގެ ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމަށް އަލުން އިޢުލާނުކުރާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް