ކ. މާލެ
|
15 ޑިސެންބަރ 2023 | ހުކުރު 08:09
އެކްސަސައިޒް ޖައްރާފާ 2023
އެކްސަސައިޒް ޖައްރާފާ 2023
އެކްސަސައިޒް ޖައްރާފާ 2023
އެކްސަސައިޒް ޖައްރާފާ 2023 ފަށައިފި
އެ އެކްސަސައިޒްގެ ތަމްރީނުތައް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާފްލެޓް ސަރަހައްދުގަ ކުރިއަށް ގެންގޮސްފައިވޭ
އެކްސަރސައިޒްގެ ތެރެއިން އުސް އިމާރާތްތަކުގައި ހިނގާފާނެ އަލިފާނުގެ ހާދިސާތަކުގައި ހަރަކާތްތެރިވާނެ ގޮތުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔަ
އެ ހަރަކާތުގައި އެމްއެންޑީއެފް އެފްއާރުއެސްގެ ހުރިހާ ދާއިރާތަކެއްގައި މަސައްކުރާ ފަޔަރ ފައިޓަރުން ބައިވެރިވޭ

ކޮންމެ އަހަރަކު ބާއްވަމުން އަންނަ "އެކްސަސައިޒް ޖައްރާފާ 2023" ފަށައިފިއެވެ.

އެ އޮޕަރޭޝަންގެ މަޤްސަދަކީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރުއެސް)ގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކުރުމާއި ފަޔަރ އިމަޖެންސީ އޮޕަރޭޝަން ޕްލޭންތަކާއި ހައިރައިޒާސް ސްޓޭންޑަރޑްސް އޮޕަރޭޝަން ޕްރޮސީޖަރ (އެސްއޯޕީ) އަށް އަހުލުވެރިވުމެވެ.

ބުރާސްފަތި ދުވަހު އެކްސަސައިޒް "ޖައްރާފާ" ފެށުމުގެ ގޮތުން މާލޭ ފަޔަރ ސްޓޭޝަންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީއެވެ.

Advertisement

އެ ހަރަކާތުގައި އެމްއެންޑީއެފް އެފްއާރުއެސްގެ ހުރިހާ ދާއިރާތަކެއްގައި މަސައްކުރާ ފަޔަރ ފައިޓަރުން ބައިވެރިވެއެވެ.

މި އެކްސަސައިޒްގައި އެފްއާރުއެސްގައި ބޭނުންކުރާ އާލާތްތަކަށް އަހުލުވެރިކުރުވުމާއި، އުސް އިމާރާތްތަކުގައި ހިނގާފާނެ އަލިފާނުގެ ހާދިސާތަކުގައި ހަރަކާތްތެރިވާނެ ގޮތުގެ ފަރިތަކުރުންތައް ކުރިއަށް ގެންދާނެއެވެ.

އެ އެކްސަސައިޒްގެ ތަމްރީނުތައް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާފްލެޓް ސަރަހައްދުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް