Advertisement
ކ. މާލެ
|
12 ޑިސެންބަރ 2023 | އަންގާރަ 07:01
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަނަށް ޒިޔާރަތްކުރެއްވުން
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަނަށް ޒިޔާރަތްކުރެއްވުން
ރައީސް އޮފީސް
ނައިބު ރައީސްގެ ދަތުރުފުޅު
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަނަށް ޒިޔާރަތްކުރައްވައިފި
ދާއިމީ މިޝަންގެ ފަރާތުން އެތަނުގެ ޚިދުމަތްތަކާއި މަސައްކަތްތަކާބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވަނީ މަޢުލޫމާތު އަރުވާފައި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ސްވިޒަރލެންޑްގެ ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

އެމަނިކުފާނަށް އެތަނުން މަރުޙަބާ ވިދާޅުވީ ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީސްތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ ޢާޞިމް އަޙްމަދެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައި މުވައްޒަފުންގެ ހާލު އޮޅުންފިލުއްވާފައެވެ. އަދި ދާއިމީ މިޝަންގެ ފަރާތުން އެތަނުގެ ޚިދުމަތްތަކާއި މަސައްކަތްތަކާބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވަނީ މަޢުލޫމާތު އަރުވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސްވިޒަރލެންޑްގެ ޖެނީވާއަށް ވަޑައިގެންފައިވަނީ އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ "ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.

Advertisement

މި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޑިސެންބަރު މަހުގެ 11-12 ވަނަ ދުވަހުގެ ނިޔަލަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް