ކ. މާލެ
|
11 ޑިސެންބަރ 2023 | ހޯމަ 12:01
ކަޝްމީރުގައި ކުރިއަށްދިޔަ މުޒާހަރާއެއްގެ ތެރެއިން
ކަޝްމީރުގައި ކުރިއަށްދިޔަ މުޒާހަރާއެއްގެ ތެރެއިން
ޖައްމޫ ކަޝްމީރު ސްޓޭޓް
ޖައްމޫ ކަޝްމީރު ސްޓޭޓް ރޫޅާލައި، މާއްދާ 370ގެ ބާރު ކަނޑުވާލި މައްސަލައިގައި ސުޕްރީމް ކޯޓުން ޙުކުމަކާއި ހިސާބަށް
ބައެއް ފަރާތްތަކުން ބުނަމުން ދިޔައީ ބީޖޭޕީ ސަރުކާރުގެ ބޭނުމަކީ ކަޝްމީރުގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިކުރުން ކަމަށް
ޖައްމު ކަޝްމީރުގެ ރައްޔިތުން ނޫން އެހެން ރައްޔިތުންނަށް އެ ސަރަހައްދުން ބިން ދޫނުކުރަން ނިންމާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވޭ
370 ވަނަ މާއްދާ އިސްލާޙުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔޫނިއަން ޓެރިޓަރީސްގެ ގޮތުގައި ނިންމި

އިންޑިއާއާއި ޕާކިސްތާނު ގުޅޭ ސަރަހައްދީ ރޮނގުގައި އޮތް ކަޝްމީރަކީ އިންޑިއާގެ ޔޫނިއަން ޓެރިޓަރީއަކަށް ހަދައި، އެ ސަރަހައްދުގައި ސްޓޭޓް ސަރުކާރަކަށް ލިބިދިން ބާރުތައް އިންޑިއާގެ މައި ސަރުކާރަށް ނެގި މައްސަލައިގައި އެ ޤައުމުގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ޙުކުމަކާއި ގާތްވެއްޖެއެވެ.

އިންޑިއާއިން ކޮންޓްރޯލް ކުރަމުންދާ ޖައްމޫ އާއި ކަޝްމީރު ސްޓޭޓް ރޫޅައިލައި، އިންޑިއާ ސަރުކާރުން ވަނީ އިދާރީ ދެ ޞަރަޙައްދު ޤާއިމުކޮށް އައު މެޕް މުޅި ދުނިޔެއަށް ޙިއްސާކޮށްފައެވެ.

އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް އެޤައުމުގެ ޤާނޫނު އަސާސީގައި ދީފައިވާ ޚާއްޞަ އިމްތިޔާޒުތައް ދިނުމަށް އޮންނަ 370 ވަނަ މާއްދާ އިސްލާޙުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔޫނިއަން ޓެރިޓަރީސްގެ ގޮތުގަައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމުމާއި ގުޅިގެން ބޮޑެތި ހަމަނުޖެހުންތައް ވެސް ހިނގިއެވެ.

އެ މާއްދާއާ ގުޅޭގޮތުން އިންޑިއާގެ ސުޕްރީމް ކޯޓުން ގޮތެއް ނިންމުމަށް ހަމަޖެހިފައިވާއިރު، އެ ސަރަޙައްދުތަކުގެ ސަލާމަތީ ކަންކަން ވެސް މިހާރު ވަނީ ވަރުގަދަކޮށްފައެވެ. ސުޕްރީމް ކޯޓަށް މި މައްސަލައާ ގުޅޭ 23 ޕެޓިޝަނެއް ހުށަހެޅިފައިވާއިރު، ފާއިތުވި ދުވަސްތަކުގައި ކޯޓުގެ 5 ފަނޑިޔާރުންގެ ބެންޗަކުން ވަނީ އެ މައްސަލަ ދިރާސާ ކުރައްވާފައެވެ.

އެ މާއްދާގައި ކަޝްމީރަށް ވަކި ޚާއްސަ ދިދައަކާއި ވަކި ޤާނޫނު ހެދުމުގެ އިޚްތިޔާރު ދީފައި އޮތް ނަމަވެސް އެމާއްދާ އިސްލާޙު ކުރުމާއި ގުޅިގެން އެ ބާރު އޮތީ އިންޑިއާ މައި ސަރުކާރަށެވެ. އިސްލާޙު ގެނައުމުގެ ކުރިން އިންޑިއާއިން ވަނީ ކަޝްމީރަށް އެތައް ހާސް ސިފައިން ފޮނުވައި ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށްފައެވެ.

އިންޑިއާގެ ބެލުމުގެ ދަށުގައި އޮންނަ ކަޝްމީރުގެ ފަޅިއަށް އިންޑިއާގެ ގާނޫނު އަސާސީގައި ދީފައިވާ ޚާއްސަ އިމްތިޔާޒުތައް އުވާލުމަށް އިންޑިއާގެ ސަރުކާރުން ނިންމުމާއި ގުޅިގެން އެކަމާ އެތައް ބަޔަކު ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެއެވެ.

އޭރު ގެނައި ބަދަލުތަކުގެ ތެރޭގައި ޖައްމޫ ކަޝްމީރުގެ ރައްޔިތުން ނޫން އެހެން ރައްޔިތުންނަށް އެ ސަރަހައްދުން ބިން ދޫނުކުރަން ނިންމާފައި އޮތް އޮތުން ނިމުމަކަށް ގެނައުމާއި، ދާއިމީ ވަޒަނެއް ނެތި ކަޝްމީރުގައި އުޅޭތާ އެތައް އަހަރެއް ވެފައިވާ މީހުންނަށް ކަޝްމީރުގެ ރަށްވެހިކަން ދިނުން ހިމެނުނެވެ.

އިންޑިއާގެ މައި ސަރުކާރުގެ އެ ނިންމުމަށް ފާޑުކީ ބައެއް ފަރާތްތަކުން ބުނަމުން ދިޔައީ ބީޖޭޕީ ސަރުކާރުގެ ބޭނުމަކީ ކަޝްމީރުގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިކޮށް، އެތަނުގައި ތިބި މުސްލިމުންގެ ބާރު ކަނޑުވާލުންކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް
- ގުޅުންހުރި
50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑަށް ފައިސާ ދެއްކުން އަހަރަކަށް ފަސްކޮށްދޭން ނިންމައިފި
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް
ހާލުގައި ޖެހިފައިވާ ސްރީލަންކާގެ މަސްބޯޓެއް އިންޑިއާގެ ކޯސްޓްގާޑުން ސަލާމަތްކޮށްފި
ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިން ފޮނުވާލުން އަވަސްކުރަން އިންޑިޔާއިން އެއްބަސްވެއްޖެ
ރާއްޖެއާއި އިންޑިޔާގެ މުޅި މައްސަލައިގެ ފުރިހަމަ ޒިންމާ ނަންގަވަންޖެހޭނީ ރައީސް މުއިއްޒު: ފައްޔާޒު
މިހާރު ރާއްޖެ އާއި އިންޑިއާއާ ދެމެދު ދިމާވެފައިވާ މައްސަލަ އަށް ދެ ޤައުމު ގުޅިގެން ހައްލު ހޯދޭނެކަމާ މެދު ޝައްކެއް ނުކުރަން: ޑރ. ފަރަހަނާޒް
ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
އިންޑީޔާއާ މެދު ނަފްރަތު އުފެދޭ ވާހަކަތައް ސަރުކާރުގެ ވެރިން ދެއްކުން ރައީސް ޞާލިޙް ކުށްވެރި ކުރައްވައިފި