Advertisement
ކ. މާލެ
|
27 ޖުލައި 2017 | ބުރާސްފަތި 15:45
މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް
މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް
ގޫގުލް
މުހައްމަދު ފަލާހް
މެމްބަރު ފަލާހް ފުލުހަށް ހާޒިރުކޮށްފި
މެމްބަރު އިބޫވެސް މިއަދު ފުލުހަށް ހާޒިރު ކުރާނެ
ރިޔާޒް ފުލުހަށް ހާޒިރު ކުރަނީ މިރޭ
ތިން މެމްބަރުން ފުލުހަށް ހާޒިރުކުރަނީ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި

މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ.

 

އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައި ވަނީ ބުރާސްފަތި ދުވަހު 15:00އަށެވެ.

 

މީގެ އިތުރުން އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިންވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިޙް ވެސް ޖުލައި 27 ވަނަ ދުވަހުގެ ހަވީރު 17:00ގައި ފުލުހަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ. މިއީ އިބޫ ޕޮލިހަށް ހާޒިރުކުރާ ފުރަތަމަ ފަހަރެވެ.

 

އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވަނީ ރޭ ފުލުހުސް އޮފީހަށް ހާޒިރު ކުރުމަށްފަހު ވަކީލަކާއި އެކު މިރޭ އަނެއްވެސް ފުލުހަށް ހާޒިރުވުމަށް އަންގާފައެވެ.

 

މީގެ ކުރިން ކުރިން މިއަދު މެންދުރު 1:00 އަށް ހާޒިރުވާން އެންގުމަށް ފަހު ވަނީ އެކަން ލަސްކޮށްފައެވެ.

 

މި ތިން މެމްބަރުން ހާޒިރުކުރަނީ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީސް އިދާރާ ސަރަހައްދު ފުލުހުން ބަންދުކޮށްފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލާފައިވާ މައްސަލައިގަ އެވެ.

 

ކުރެވޭ ތުހުމަތުގެ ހުލާސާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ސަރަހައްދު ފުލުހުން ބަންދުކޮށްފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލާފައިވާ މައްސަލައިގެ ތުހުމަތުގައި ސުވާލު ކުރުމަށް ކަމަށް ފުލުހުންނަށް ހާޒިރުވުމަށް އަންގާ ޗިޓްގައި ވަނީ ބަޔާންކޮށްފަ އެވެ.

 

ރާއްޖެޓީވީއަށް ވާހަކަދައްކަވަމުން، އަބްދުﷲ ރިޔާޒް ވިދާޅުވީ، ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށާއި، މަޖިލީސް ބަންދުކޮށްގެން ވެސް އުޅެނީ މި ސަބަބުތަކަށްޓަކަ އެވެ.

 

ރައީސް ޔާމީނަށް ކުރިއަށް އޮތްތަނުގައި ވެސް ތާއީދު ދާނީ ގެއްލެމުންކަމަށާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން، ކުރަމުންދާ މަސައްކަތްތައް ހުރަސް އެޅުމަށް ކުރާ މަސައްކަތްތައް ކާމިޔާބު ނުވާނެ ކަމަށެވެ.

 

ފުލުހުންގެ ސަފުތައް ފަޅާލި ކަމަށް ބުނެ މެމްބަރުން ފުލުހަށް ހާޒިރު ކުރަމުންދާއިރު 2012 ވަނަ އަހަރު އޭރު ވިލިމާފަންނު ދާއިރާގެ މެމްބަރަކަށް ހުންނަވައި އަހްމަދު ނިހާން ހުސެއިން މަނިކު ފުލުހުންގެ ބެރިކޭޑް ފަޅާލި މައްސަލަ މިއަދާއި ހަމައަށް ވެސް ފުލުހުން ބަލާފައެއް ނުވެއެވެ.

ޕޮލިހަށް ހާޒިރުވުމަށް ފަހު ފަލާހް ވިދާޅުވީ މަޖިލީހަށް ވަޑައިގެންނެވީ އެބޭފުޅުންގެ ޒިންމާ އަދާކުރުމަށް ކަމަށާއި ޒިންމާ އަދާކުރުމުގައި އެއްވެސް ބަޔަކަށް ހުރަސް ނޭޅޭނެ ކަމަށެވެ. އެހެން ކަމުން ފުލުހުންނަށް ވެސް އެކަން އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް