Advertisement
ކ. މާލެ
|
9 ޑިސެންބަރ 2023 | ހޮނިހިރު 14:27
އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް، އިސްމާއީލް ހަބީބު
އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް، އިސްމާއީލް ހަބީބު
ރާއްޖެއެމްވީ
މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުން
މަޖިލީހުގެ އިންތިޚާބުގައި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީވެފައިވާ މީހަކަށް އަމިއްލަގޮތުން ވާދަކުރެވޭނެ: ހަބީބު
އަމިއްލަގޮތުން ވާދަކުރާނަމަ ބޭނުންވާނީ، އެ ދާއިރާއަކުން އެ މީހަކަށް ތާއީދުކުރާ 50 މީހުންގެ ސޮއި
ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރާނަމަ ބޭނުންވާނީ، އެ ޕާޓީއަކުން އެ ކެންޑިޑޭޓަކު ހުށަހަޅާކަމުގެ ގަރާރު

ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވާ މީހަކަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރެވޭނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ނާއިބު ރައީސް، އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.  

މަޖިލީހުގެ އިންތިޚާބާ ގުޅޭގޮތުން ހަބީބު ވިދާޅުވީ، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވާ މީހަކަށް އަމިއްލަގޮތުން ވާދަ ކުރެވިދާނެ ކަމަށާއި، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ މީހަކު އެޕާޓީ އެއްގެ މެންބަރަކަށްވުން ކޮންމެހެން ލާޒިމްނުވާ ކަމަށެވެ.

ހަބީބު ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރާނަމަ ބޭނުންވާނީ، އެ ޕާޓީއަކުން އެ ކެންޑިޑޭޓަކު ހުށަހަޅާކަމުގެ ގަރާރު ކަމަށާއި، އަދި އަމިއްލަގޮތުން ވާދަކުރާނަމަ ބޭނުންވާނީ، އެ ދާއިރާއަކުން އެ މީހަކަށް ތާއީދުކުރާ 50 މީހުންގެ ސޮއިކަމަށް ހަބީބު ވިދާޅުވިއެވެ.

Advertisement

މީގެ އިތުރުން ހަބީބު ވަނީ، މަޖިލިސް އިންތިޚާބަށް ނުކުތުމުގެ ކުރިން ޝަރުތު ފުރިހަމަވޭތޯ ދުރާލައި ބެލުމަށް އިލްތިމާސްކޮށްފައެވެ.

2024 ވަނަ އަހަރު އެންމެ އަވަހަށް ބޭއްވޭނީ 20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބެވެ. މި އިންތިޚާބަށް ކެންޕޭންކުރުމުގެ މަސައްކަތްތައް ސިޔާސީ ޕާޓީތަކުން ދަނީ ކުރަމުންނެވެ. އިންތިޚާބު ބާއްވާނެ ވަކި ތާރީޚެއް ކަނޑައަޅާފައި ނުވާއިރު، އީސީން ބުނީ މަޖިލީހުގެ އިންތިޚާބު ބޭއްވޭނެ ތާރީޚެއް ކަނޑައެޅޭނީ އަންނަ ޖެނުއަރީގައި ކަމަށް ލަފާކުރެވޭ ކަމަށެވެ. އެކަމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއެކު ކޮމިޝަނުން މަޝްވަރާކުރަމުން ދާކަމަށާއި، ޕާޓީތަކުގެ މެދުގައިވެސް ތަފާތު ޚިޔާލުތައް ހުރިކަމަށް އީސީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް