ކ. މާލެ
|
9 ޑިސެންބަރ 2023 | ހޮނިހިރު 13:51
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އީސީން ބައިވެރިވަނީ
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އީސީން ބައިވެރިވަނީ
މަޖިލިސް އިންތިޚާބު
މަޖިލިސް އިންތިޚާބު ބޭއްވޭނެ ތާރީޚެއް ކަނޑައެޅޭނީ އަންނަ ޖެނުއަރީގައި: އީސީ
ބައެއް ޕާޓީތަކުން ބޭނުންވަނީ ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން
އެކަމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއެކު ކޮމިޝަނުން މަޝްވަރާތައް ކުރަމުންދޭ

މަޖިލިސް އިންތިޚާބު ބޭއްވޭނެ ތާރީޚެއް ކަނޑައެޅޭނީ އަންނަ ޖެނުއަރީގައިކަމަށް ލަފާ ކުރެވޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އިސްމާއިލް ޙަބީބު ވިދާޅުވީ، އެކަމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއެކު ކޮމިޝަނުން މަޝްވަރާތައް ކުރަމުންދާކަމަށެވެ. އެކަމުގައި ޕާޓީތަކުގެ މެދުގައިވެސް ތަފާތު ހިޔާލުތައް ހުރިކަން ޙަބީބް ފާހަގަ ކުރެއްވިއެވެ.

ޙަބީބް ވިދާޅުވީ، ބައެއް ޕާޓީތަކުން ބޭނުންވަނީ ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ކަމަށެވެ.

2024 ވަނަ އަހަރު އެންމެ އަވަހަށް ބޭއްވިގެންދާނީ 20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބެވެ. މި އިންތިޚާބަށް ކެންޕޭން ކުރުމުގެ މަސައްކަތްތައް ސިޔާސީ ޕާޓީތަކުން ދަނީ ކުރަމުންނެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އީސީން އެދިފައިވަނީ މަޖިލިސް އިންތިޚާބުގެ ތާރީޚު ކަނޑައެޅުމަކީ އިލެކްޝަންސް ކޮމިޝަނުގެ ކަމެއްގެ ގޮތުގައި ކޮމިޓީން ނިންމަވައިދެއްވުމަށެވެ. އެގޮތުން އިންތިޚާބު ފަސްކުރާނަމަ މައްސަލަތައް ދިމާވާ ކަމަށާއި، އެހެންކަމުން އަދި ދުވަހެއް ކަނޑަނާޅާކަމަށް އީސީގެ ރައީސް ވިދާޅުވެފައިވެއެވެ.

މަޖިލިސް އިންތިޚާބުގެ ވޯޓުލުން ރޯދަމަހަށްފަހު ބާއްވަން އީސީއަށް ހުށަހެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސްކޮށްފައިވަނީ 26 ނޮވެންބަރު 2023 ވީ އާދިއްތަ ދުވަހެވެ.

މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، އިންތިޚާބުތަކުގެ ތަޖުރިބާއާއެކު މި ކަންބޮޑުވުންތައް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއާ ހިއްސާކޮށްފައި ވާކަމަށެވެ. ނަމަވެސް މަޖިލީހުގެ ލަފައަށް އިހުތިރާމުކުރައްވާ ކަމަށް ހަބީބު ވިދާޅުވިއެވެ. އަދި ވިދާޅުވީ މަޖިލީހުގެ ނިންމުމާއެކު ކޮމިޝަނުން އަދި ވަކި ގޮތެއް ނިންމާފައި ނުވާކަމަށާއި، ކޮމިޝަނުން ބާއްވާ ބައްދަލުވުމަށްފަހު އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައަޅާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް