Advertisement
ކ. މާލެ
|
9 ޑިސެންބަރ 2023 | ހޮނިހިރު 13:39
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު
އަޒުމޫން އަހުމަދު
އަސާސީ މުދާ އެތެރެކުރުން
ރާއްޖެއަށް އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެކުރުމުގައި ހުރަހެއްނެތް: މިނިސްޓަރު ސައީދު
ރާއްޖެއާއިއެކު ވިޔަފާރިކުރާ އެކުވެރި ގައުމުތަކުން ރާއްޖެއަށް އަބަދުވެސް އިސްކަންދޭނެ
ގައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލުއައުމަކީ އެކި ދުވަސްވަރު ހިނގާކަންކަން
ރައްޔިތުންގެ ފްޑް ސެކިއުރިޓީ ގާއިމްކުރުމަކީ މިސަރުކާރުގެ ސިޔާސަތެއް

ރާއްޖެއަށް އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެކުރުމުގައި ހުރަހެއްނެތް ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ރާއްޖެއަށް އެންމެ ގިނައިން ފިޔާ ގެންނަ އިންޑިއާ އިން ވަގުތީ ގޮތުން ފިޔާ ބޭރުކުރުން މަނާކޮށްފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މިއީ އަންނަ އަހަރު ބާއްވާ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގެ އިންތިޚާބާ ގުޅިގެން އިންފްލޭޝަން ދަށްކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

Advertisement

މިކަމާއި ގުޅިގެން ބައެއް އާއްމު ރައްޔިތުން ސުވާލު އުފައްދަމުންދިއުމާއި ގުޅިގެން މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެއާއިއެކު ވިޔަފާރިކުރާ އެކުވެރި ގައުމުތަކުން ރާއްޖެއަށް އަބަދުވެސް އިސްކަންދޭނެ ކަމަށެވެ. އަދި ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް ނުވަތަ ވަކިވަކި ގައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލުއައުމަކީ އެކި ދުވަސްވަރު ހިނގާކަންކަން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ސައީދު ވިދާޅުވީ ރައްޔިތުންގެ ފްޑް ސެކިއުރިޓީ ގާއިމްކުރުމަކީ މިސަރުކާރުގެ ސިޔާސަތެއް ކަމަށާއި، ރައީސް ޑރ.މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމެއް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ރައްޔިތުންގެ ފުޑް ސެކިއުރިޓީ ކާމިޔާބުކަމާއެކު ދަމަހައްޓާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް