ކ. މާލެ
|
5 ޑިސެންބަރ 2023 | އަންގާރަ 23:06
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު
މަޖިލިސް
ކައުންސިލުތަކަށް އާމްދަނީ ހޯދޭނެ މަގެއް
އާމްދަނީ ހޯދުމަށް ވަކި އުސޫލެއްގެ މަތިން ފަޅުރަށްތައް ހޯދުމުގެ ފުރުސަތު ކައުންސިލުތަކަށް
ސަރުކާރުގެ ގައުމީ ތަރައްގީގެ ޕްލޭނާ ދިމާވާ ނިންމުމަކަށް ވުމާއެކު، އެ ފަޅެއް ނުވަތަ އެރަށެއް ނިސްބަތްވާ އަތޮޅުގައި ހިމެނޭ އެހެން ހުރިހާ ރަށެއްގެ ރައްޔިތުންގެ ރުހުން އޮންނަންޖެހޭ
ގާނޫނު ބުނާގޮތުން، މީހުން ދިރިއުޅޭ ރަށްރަށާ 700 މީޓަރާ ހަމައަށް ހުންނަ ފަޅުރަށްރަށާއި ފަޅުތައް އެއީ ރަށްރަށުގައި އިޚްތިސާސްގެ ތެރޭގައި ހިމެނޭ ތަންތަން

ކައުންސިލްތަކުން އެދޭ، އެއަތޮޅެއްގައި ހިމެނޭ ރަށްރަށާއި ފަޅުތަކުގެ ތެރެއިން، އާމްދަނީ ހޯދުމަށް އެ ކައުންސިލަކަށް ރަށެއް ނުވަތަ ފަޅެއް ވަކި އުސޫލުތަކެއްގެ ދަށުން ލިބޭނެގޮތެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

ގާނޫނު ބުނާގޮތުން، މީހުން ދިރިއުޅޭ ރަށްރަށާ 700 މީޓަރާ ހަމައަށް ހުންނަ ފަޅު ރަށްރަށާއި ފަޅުތައް އެއީ އެ ރަށްރަށުގެ އިޚްތިސާސް ތެރޭގައި ހިމެނޭ ތަންތަނެވެ. އަދި އޭގެ ބޭރުން ވެސް ބައެއް ރަށްރަށުގެ އިޚްތިސާސްގެ ތެރެއަށް ރަށްރަށް ހިމަނާފައިވެއެވެ. ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުމަކީ އެތަންތަނުގެ ބޭނުން ކައުންސިލުތަކަށް ނުހިފުމެވެ.

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެކަން ނިމުމަކަށް ގެނެސް، ކައުންސިލްތައް އިތުރަށް ބާރުވެރިކުރުވުމަށްޓަކައި، ކައިރީގައި ހުންނަ ފަޅުރަށްތަކާއި ފަޅުތައް ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައުމުގެ ފުރުސަތު ހުޅުވާލަން ނިންމަވާފައި ވާކަމަށެވެ. އެގޮތަށް ނިންމަވާފައިވަނީ މައިގަނޑު ދެ ކަމެއް މަތިކުރުމަށްފަހުއެވެ.

އެ ދެ ކަމަކީ، ސަރުކާރުގެ ގައުމީ ތަރައްގީގެ ޕްލޭނާ ދިމާވާ ނިންމުމަކަށް ވުމާއެކު، އެ ފަޅެއް ނުވަތަ އެރަށެއް ނިސްބަތްވާ އަތޮޅުގައި ހިމެނޭ، މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށެއްގެ ރައްޔިތުންގެ ރުހުން އެކަމަށް އޮތުންކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ގައުމީ ތަރައްގީއަށް ބޭނުންހިފޭގޮތަށާއި އަދި ރާއްޖޭގައި ހިނގާ މައިގަނޑު ސިނާއަތްތަކަށް ގެއްލުން ނުވާގޮތަށް، އެފަދަ ފަޅެއް ނުވަތަ ރަށެއް ހޯދުމުގެ ފުރުސަތު ކައުންސިލްތަކަށް ދިނުމަކީ އޭގެ ސަބަބުން ރައްޔިތުން ބާރުވެރިކުރެވި ކައުންސިލްތައް އިތުރަށް ކުރިއަރައިގެންދާނެ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ރަށްރަށުގެ ރައްޔިތުންގެ މަންފާއަށް، އެ ރަށްރަށުގެ އިޚްތިސާސްގެ ތެރޭގައި ހިމެނިދާނެ ރަށްރަށް ނުވަތަ ސަރަހައްދުތައް އެ ރަށެއްގެ އިޚްތިސާސްގެ ތެރޭގައި ހިމެނުމަކީ ސަރުކާރުގެ "ހަފްތާ 14" މަގުޗާޓުގައި ހިމެނޭ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
ކޮމެންޓް
- ގުޅުންހުރި
މިއީ ޑިމޮކްރަސީ އާއި ބީރައްޓެހި ސަރުކާރެއްކަން ސާބިތުކޮށްދީފި - ޑރ.ޑީޑީ
ދައުލަތް ހުއްޓިއްޖެ، އެކަން ވީ ސިޔާސީ މުވައްޒަފުން ގިނަ ވެގެން ކޮށި އަރައިގެން - ޒިޔާދު
މަސްވެރިންނާއި ރައްޔިތުން ފެލައިގެން އުޅެނީ ރައީސް މުއިއްޒުގެ ލެގަސީ ހިފަހައްޓަން ޕްރޮޖެކްޓް ހިންގަން - އަނދުން ހުސައިން
ނޮވެމްބަރު 2023 ނިމުނުއިރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް ގައި 141.1 މިލިއަން ޑޮލަރު ހުންނާނެ: ކުރީގެ މިނިސްޓަރ އަމީރު
މިއީ ބާރުތައް ކޮންޓްރޯލްކޮށް، ވާދަވެރިންނަށް ފުރުސަތު ހަނިކުރާ ސަރުކާރެއް، މިހާރު ވެސް މަޖިލީހުން ފެންނަނީ އެމަންޒަރު: ބިގޭ
މިއަދަކީ ރާއްޖޭގެ ތާރީޚުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ބޮޑު އެހީއެއްވާ ދުވަސްކަމުގައި ހެއްދެވުމަށް ރައީސް އެދިވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
އިންޑިއާ އަށް ކުރެއްވި ދަތުރުފުޅަކީ ރާއްޖެއަށް ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ