ކ. މާލެ
|
25 ނޮވެންބަރ 2023 | ހޮނިހިރު 22:49
އުންމީދީ ނޫސްވެރިޔާ ނާއިލް އަދި އެންމެ މޮޅު ނޫސްވެރިޔާ ނާއިފް
އުންމީދީ ނޫސްވެރިޔާ ނާއިލް އަދި އެންމެ މޮޅު ނޫސްވެރިޔާ ނާއިފް
ރާއްޖެއެމްވީ
2022 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު
2022 ވަނަ އަހަރުގެ އުންމީދީ ނޫސްވެރިޔަކަށް ނާއިލް، އެންމެ މޮޅު ނޫސްވެރިޔަކަށް ނާއިފް
ނާއިފްއަކީ ވިޔަފާރިއާއި އިގުތިސާދީ ދާއިރާއަށް ހާއްސަ ނޫސްވެރިއެއް

މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) މިއަހަރު ދިނުމަށް ހަމަޖެހިފައިވާ 'ނޫސްވެރިކަމުގެ އިނާމު 2022' ގެ ޙަފްލާ 25 ނޮވެމްބަރު 2023 ގައި ބާއްވައިފިއެވެ.

މި އެވޯޑް ހަފްލާގައި އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑް މުހައްމަދު ނާއިލް ހަފީޒް (ސަން އޮންލައިން) ލިބިފައިވާއިރު އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ލިބިފައިވަނީ އަހްމަދު ނާއިފަށެވެ. އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރުފުވެރި މެހެމާނު، ނައިބު ރައީސް، އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް އެވެ.

އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑަށް 35000ށްވުރެ ގިނަ އެސްއެމްއެސް ލިބިފައިވާ ކަމަށް އެމްއެމްސީ އިން ބުންޏެވެ.

އެކި ދާއިރާތަކުން އެވޯޑް ލިބުނު ނޫސްވެރިން:

  • ދެމެހެއްޓެނެވި ތަރައްޤީ އާއި އިޖުތިމާއި ދާއިރާ - ޝަހުދާ މުހައްމަދު (ދައުުރު)
  • ސިޔާސީ ދާއިރާ – ނާޒިމް ހަސަން (އަދަދު)
  • ޝަރުއީ އަދި ޤާނޫނީ ދާއިރާ – މުއިއްޒު އިބްރާހިމް (މިހާރު)
  • ވިޔަފާރީ އާއި އިޤްތިސާދު – އަހްމަދު ނާއިފް (ދައުރު)
  • ކުޅިވަރުގެ ދާއިރާ – ހުސެއިން ހަބީބު (މިހާރު)
  • ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ – ހައްވާ އަމާނީ އަބްދުﷲ (މިހާރު)
  • ފީޗަރ ދާއިރާ - ޝަހުދާ މުހައްމަދު (ދައުުރު)
  • ފޮޓޯ ޖާނަލިޒަމް ދާއިރާ – ފަޔާޒު މޫސާ (މިހާރު)
  • ތަހުޤީޤީ ނޫސްވެރިކަން – އަހްމަދު މިޒްޔާލް (ދައުރު)
  • ހަޔާތީ އަރުތައިގެ އިނާމު - އަބްދﷲ ރަމީޒް އާއި އަހްމަދު ޒާހިރު (ހިރިގާ)

މި އެވޯޑް ހަފްލާގެ ތެރެއިން ނޫސްވެރިކަމުގެ ދާއިރާގައި އަގުހުރި ހިދުމަތްތައް ކުރަމުން ގެންދަވާ ސާއިދު އަހްމަދަށް ހިތްވަރުގެ އިނާމު ވަނީ ދީފައެވެ. މީގެއިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ އައު ލޯގޯ ވެސް ވަނީ އިފްތިތާހުކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
ކޮމެންޓް