ކ. މާލެ
|
24 ނޮވެންބަރ 2023 | ހުކުރު 12:48
ރައީސް ޑރ.މުޙައްމަދު މުއިއްޒު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން
ރައީސް ޑރ.މުޙައްމަދު މުއިއްޒު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން
ހައުސިންގް މިނިސްޓްރީ
ޔާމީން ޕީޕީއެމް ދޫކުރެއްވުން
ޔާމީން ޕާޓީން ވަކިވެވަޑައިގަންނަވަން ނިންމެވީ، ގުޅުއްވުމުން މުއިއްޒު ފޯނު ނުނަންގަވައި ލީޑަރޝިޕުން ވެސް އެކަހެރިކުރުމުން: ޖަމީލު
ޕީޕީއެމްގެ ލީޑަރޝިޕުން ޔާމީންގެ މަޝްވަރާގެ މަތިން ޕާޓީ ހިންގުމަށް މިއަދު ބޭނުން ނުވާ ކަމަށް ޖަމީލު ވިދާޅުވި

ޕީޕީއެމް ދޫކުރައްވަން ޖެހިވަޑައިގެންނެވީ ވެރިކަމަށް އިންތިޚާބު ވެވަޑައިގަތް ފަހުން، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގުޅުއްވުމުން ފޯނަށް ޖަވާބު ނުދެއްވުމާއެކު، ޕީޕީއެމްގެ ލީޑަރޝިޕުން އެމަނިކުފާނު އެކަހެރިކޮށްލުމުން ކަމަށް ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގަތް ވާހަކަފުޅު ހިއްސާކުރައްވަމުން ރާއްޖޭގެ މީޑިޔާއަކަށް ދެއްވި އިންޓަވިއުއެއްގައި ޖަމީލު ވަނީ ޔާމީން ޕީޕީއެމް އިން ދުރަށް ޖެހިވަޑައިގަންނަވަން ނިންމެވި ސަބަބުތައް ވިދާޅުވެދެއްވާފަ އެވެ.

Advertisement

އެގޮތުން ޖަމީލު ވިދާޅުވީ ރައީސް ޔާމީންގެ ވިސްނުންފުޅާއި އެމަނިކުފާނުގެ އިލްމު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ދިވެހި ރައްޔިތުން ބޭނުންވާނެ ކަމަަށެވެ. އެހެން ނަމަވެސް ޕީޕީއެމްގައި ޔާމީން ހުންނަވައިގެން އެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިނުގަންނަވަނީ، ޕީޕީއެމްގެ ލީޑާޝިޕުން އެމަނިކުފާނާ ދުރަށް ޖެހި، އެކަހެރިކޮށްލައިފައި ވުމުން ކަމަށް ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރެއްވި ފަހުން ކުރީގެ ރައީސް ޔާމީނު ފޯނު ކުރެއްވުމުން، ރައީސް މުޢިއްޒު ފޯނަށް ޖަވާބު ދެއްވާފައި ނުވާ ކަމަށެވެ.

އަޅުގަނޑު ހަމަ މިއަދު ކަށަވަރުކޮށްދޭން ބޭނުންވޭ، ވެރިކަމަށް ހޮވެވަޑައިގަތުމަށް ފަހު ޑޮކްޓަރު މުޢިއްޒު ރައީސް ޔާމީންގެ ފޯނެއް ވެސް ނުނަންގަވާ. އަދި ހަމަ އެއާއެކީގައި ޕީޕީއެމްގެ ލީޑާޝިޕުން މި ވަނީ ރައީސް ޔާމީނާ ދުރަށް ވަޑައިގެންފައި
ޑރ. މުޙައްމަދު ޖަމީލު އަޙްމަދު

ޖަމީލު ވިދާޅުވީ ޕީޕީއެމްގެ ލީޑަރޝިޕުން ޔާމީންގެ މަޝްވަރާގެ މަތިން ޕާޓީ ހިންގުމަށް މިއަދު ބޭނުންނުވާ ކަމަށާއި، ޔާމީންގެ ލަފާފުޅުގެ މަތިން އެއްވެސް ހަރަކާތެއް ވެސް ބާއްވަން ބޭނުންނުވާ ކަމަށެވެ.

އެހެން ކަމުން ކުރިއަށް އޮތް މަޖިލިސް އިންތިހާބާއި ސިޔާސީ އެހެނިހެން މަސައްކަތް ކުރެއްވުމުގެ ގޮތުން، ޕީޕީއެމް ދޫކުރައްވައި އައު ޕާޓީއެއް އުފައްދަވަން ރައީސް ޔާމީން ނިންމެވީ ކަމުގައި ޖަމީލު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް