Advertisement
ކ. މާލެ
|
24 ނޮވެންބަރ 2023 | ހުކުރު 08:49
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރާއްޖެއެމްވީ
ރައީސް ޔާމީނު އުފައްދަވާ އައު ސިޔާސީ ޕާޓީ
ޔާމީން އުފައްދަވާ އައު ޕާޓީގެ މަސައްކަތްތައް ފެށިގެން ކުރިއަށް
ރައީސް ޔާމީނުގެ އައު ޕާޓީގެ މަސައްކަތުގައި ހުކުރު ދުވަހުގެ މެންދުރުގެ ކުރިން އިދާރީ ގިނަ މަސައްކަތްތަކެއް ނިންމާލެވޭނެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެން އުފައްދަވާ އައު ޕާޓީގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް އެ މަނިކުފާނާއެކު އައު ޕާޓީ އުފެއްދެވުމުގައި އިސްކޮށްއުޅުއްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެ އެވެ.

ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެންނެވިކަން ބުރާސްފަތި ދުވަހުގެ ރޭ އިއުލާން ކުރެއްވީ، ޔާމީންގެ ވެރިކަމުގައި ނާއިބުރައީސުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދު އެވެ. އެއާއެކު، ޔާމީން އިސްވެ ހުންނަވައި އައު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވި ވާހަކަފުޅު ވެސް ޑރ. ޖަމީލު ވިދާޅުވި އެވެ.

މި ޕާޓީގެ މަޢުލޫމާތު ދެއްވަމުން މަލީހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނުގެ އައު ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި، ހުކުރު ދުވަހުގެ މެންދުރުގެ ކުރިން އިދާރީ ގިނަ މަސައްކަތްތަކެއް ނިންމާލެވޭނެ ކަމަށެވެ.

އެގޮތުން މަލީހް ވިދާޅުވީ، ޕާޓީގެ ނަން ފައިނަލް ކުރެވި، ލޯގޯ ޑިޒައިން ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

Advertisement

އަދި ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގެ މަސައްކަތް ފެށި، އެ މަސައްކަތް ވެސް ހުކުރު ދުވަހުގެ މެންދުރުގެ ކުރިން ނިންމާލުމަކީ އަމާޒެއް ކަމަށް މަލީހް ވިދާޅުވި އެވެ.

ސިޔާސީ އައު ޕާޓީއެއް އުފައްދަން މަސައްކަތް ފަށާފައި މިވަނީ މަލީހް ލީޑަރެއްގެ ގޮތުގައި ހަމަޖައްސަވައި، ޕީޕީއެމްގެ ތެރެއިން ރައީސް ޔަމީން އެކުލަވާލެއްވި ސްޓިއަރިން ކޮމިޓީއަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ފަހު، މަސްލަހަތު ގޯސްވެފައި ވަނިކޮށެވެ. އެގޮތުން ޕީޕީއެމް ތެރޭގައި ބައިބައިވުން އުފެއްދުމަށް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތަށްފަހު، ސުލޫކީ މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވާކަމަށް ބުނެ މަލީހް އެޕާޓީން ވަކިކޮށްފައިވާކަން ޕީޕީއެމްގެ ލީޑަރޝިޕުން އެންގިއެވެ.

ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެންނެވި ކަން ޢިއުލާން ކުރެއްވީ ވެސް ގާތްގަނޑަކަށް އެހާ ހިސާބުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް