Advertisement
ކ. މާލެ
|
22 ނޮވެންބަރ 2023 | ބުދަ 00:04
މަންޓާ އެއާގެ ބޯޓު
މަންޓާ އެއާގެ ބޯޓު
ރާއްޖެއެމްވީ
ފްލައިޓް އެކްސިޑެންޓް
މަންޓާގެ ފްލައިޓެއްގައި ދޫންޏެއް ޖެހި، ބޯޓަށް ގެއްލުން ވެއްޖެ
އެ ބޯޓު މަރާމާތު ކުރުމަށްފަހު، އަލުން އޮޕަރޭޝަނަށް މިހާރު ވަނީ ނެރެފައި

ރާއްޖޭގައި ހިންގާ މަންޓާ އެއާގެ މަތިންދާބޯޓެއް ރަންވޭގައި ޖައްސަން އުޅުމުގެ ތެރޭގައި ދޫންޏެއް ޖެހި، ބޯޓަށް ގެއްލުން ވެއްޖެ އެވެ.

ދައުރުވަމުންދާ ވީޑިޔޯތަކުން ފެންނަ ގޮތުން، މަންޓާގެ މަތިންދާ ބޯޓުގެ ކުރީކޮޅަށް ދޫންޏެއް ޖެހި، ބޯޓުގެ ކުރީކޮޅުން ތަންކޮޅެއް ވަނީ ފަޅާލާފަ އެވެ.

މިކަމާ ގުޅޭ ގޮތުން މަންޓާގެ އޮފިޝަލަކު ބުނީ، ވަކިން ޚާއްސަކޮށް ބޯޓުތައް ޖެއްސުމުގެ ތެރޭގައި ދޫނިތައް ޖެހުން ނުވަތަ "ބާޑް ސްޓްރައިކް" އަކީ އާންމު ކަމެއް ކަމަށެވެ. އަދި ހޯމަ ދުވަހު ހިނގި މި ހާދިސާގައި ބޯޓަށް ގެއްލުންވި ނަމަވެސް، އެއްވެސް ޕަސެންޖަރަކަށް ގެއްލުމެއް ނުލިބި ފްލައިޓް ޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

އަދި އެ ބޯޓު މަރާމާތު ކުރުމަށްފަހު، އަލުން އޮޕަރޭޝަނަށް ނެރެފައިވާ ކަމަށް މަންޓާގެ އޮފިޝަލް ވިދާޅުވި އެވެ.

އެ ޙާދިސާ ހިނގީ ކޮން އެއާޕޯޓަކަށް ބޯޓު ޖައްސަން އުޅުމުގެ ތެރޭގައެއް ކަމެއް ކަށަވަރު ކުރެވިފައެއް ނުވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް