ކ. މާލެ
|
20 ނޮވެންބަރ 2023 | ހޯމަ 17:59
އުރުދުންގެ ފީލްޑް ހޮސްޕިޓަލް ބޯޑަރު ހުރަސްކޮށް ޣައްޒާއަށް ވަންނަނީ
އުރުދުންގެ ފީލްޑް ހޮސްޕިޓަލް ބޯޑަރު ހުރަސްކޮށް ޣައްޒާއަށް ވަންނަނީ
ރޮއިޓާސް
އުރުދުންގެ ފީލްޑް ހޮސްޕިޓަލް، ޣައްޒާއަށް ވަނުން
އުރުދުންގެ ފީލްޑް ހޮސްޕިޓަލް، ޣައްޒާއަށް ވަދެއްޖެ
މިފަދަ މޮބައިލް ހޮސްޕިޓަލްތައް ގާއިމްކޮށްދިނުމަށް އެހެން ގައުމުތަކުންވެސް އެދިފައިވޭ
އިސްރާއީލުން ހުއްދަދިނީ ހަމައެކަނި އުރުދުންގެ ހޮސްޕިޓަލް ޣައްޒާއަށް ވެއްދުމަށް

އިސްރާއީލުގެ ނިރުބަވެރިން ޣައްޒާއަށް ހަމަލާތައް ދޭންފެށިފަހުން އެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދިން ފުރަތަމަ އެކްސްޓަރނަލް މެޑިކަލް ޔުނިޓަކީ، އުރުދުންގެ ފީލްޑް ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލް ވެއްދުމުގެ ހުއްދަ އިސްރާއީލުން ދިނުމާއެކު މިހާރު ވަނީ ޣައްޒާއަށް ވަދެފައެވެ.

ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ވިދާޅުވާގޮތުގައި އުރުދުންގެ މޮބައިލް ފީލްޑް ހޮސްޕިޓަލް ގާއިމްކުރުމަށް ހަމަޖެހިފައިވަނީ ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔޫނިސްގައެވެ.

ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނިގޮތުގައި، ދެކުނުގެ ހޮސްޕިޓަލްތަކުގެ ހާލަތު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައެވެ. އިސްރާއީލުން ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ބަޔަކު އެސަރަހައްދުގައި ދަނީ ޒަޚަމްވަމުންނެވެ. 

ޣައްޒާއަށް ބޭނުންވާ ސާމާނާއި ކަރަންޓާއި އިންސާނީ އެހެނިހެން ވަސީލަތްތަކުގެ ދަތިކަމާއެކު، ޣައްޒާގެ ސިއްހީ ނިޒާމު ފުނޑުފުނޑު ވެފައިވާކަމުގެ އިންޒާރު ޑޮކްޓަރުން ވަނީ ދީފައެވެ. އެގޮތުން އިސްރާއީލުގެ ބޮމުގެ ހަމަލާތަކުގައި މުހިންމު އިންފްރާސްޓްރަކްޗަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. 

އުރުދުންގެ ފީލްޑް ހޮސްޕިޓަލުގެ އަމާޒަކީ، ހަނގުރާމައިގައި މަރުވާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން ހާލުގައި ޖެހިފައިވާ ހޮސްޕިޓަލްތަކަށް ކުރިމަތިވާ ޕްރެޝަރު ކުޑަކުރުމެވެ. އުރުދުންގެ މި މޮބައިލް ހޮސްޕިޓަލް ޣައްޒާއަށް ވައްދާފައި ވަނީ، ޣައްޒާއަށް އިންސާނީ އަދި ބޭސްފަރުވާގެ ފުރުސަތު އިތުރުކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.

އުރުދުންއިން ވަނީ، އިސްރާއީލްގެ ހަމަލާތަކުގައި އާންމުން މަރާތީ އިސްރާއީލަށް ވަރަށް ބޮޑަށް ފާޑުކިޔައި، ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލައިފައެވެ.  

ފީލްޑް ހޮސްޕިޓަލް ފޮނުވުމުން ދައްކުވައިދެނީ، ޑިޕްލޮމެޓިކް ހައްލެއް ހޯދިފައި ނުވިނަމަވެސް ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ޣައްޒާއަށް އުރުދުންއިން އަވަސް ލުޔެއް ފޯރުކޮށްދިންކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް