ކ. މާލެ
|
20 ނޮވެންބަރ 2023 | ހޯމަ 11:27
ވަޒީރުންގެ މަޖިލީހަށް ޢައްޔަނުކޮށްފައިވާ ބޭފުޅުން
ވަޒީރުންގެ މަޖިލީހަށް ޢައްޔަނުކޮށްފައިވާ ބޭފުޅުން
ރައީސް އޮފީސް
ވަޒީރުންގެ މަޖިލިސް
ވަޒީރުންގެ މަޖިލީހަށް ޢައްޔަނުކުރައްވާފައިވާ ބޭފުޅުންނަށް ރުހުން ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ނަންތައް ފޮނުވައިފި
މި 22 މެންބަރުން ޢައްޔަނު ކުރައްވާފައިވަނީ 17 ނޮވެންބަރު 2023 ވީ ހުކުރުދުވަހު
ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތީން މަޖިލީހުގެ ރުހުން ހޯދުމަށް ވަނީ ފޮނުވާފައި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ޢައްޔަންކުރައްވާފައިވާ 22 ބޭފުޅުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި މަޖިލީހަށް ފޮނުއްވައިފިއެވެ.

ނަންތައް ފޮނުއްވާފައިވަނީ ހޯމަ ދުވަހުއެވެ. އެއީ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތީން މަޖިލީހުގެ ރުހުން ހޯދުމަށެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް މި 22 މެންބަރުން ޢައްޔަނު ކުރައްވާފައިވަނީ 17 ނޮވެންބަރު 2023 ވީ ހުކުރުދުވަހުގެ ރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް